Advertisement

އެމްއާރްއެމްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް މައުމޫނުގެ އެމްއާރްއެމް އަނެއްކާވެސް އުވާލައިފި

ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިންވަނަ ޕާޓީ، މޯލްޑިވްސް ރިފޯމްމޫވްމެންޓް އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެމްއާރްއެމް އުވާލުމަށް ކޮމިޝަނުން ނިންމީ، އެޕާޓީގައި ޤާނޫނުގައި ބުނެފައިވާ ޢަދަދަށް 3000 މެމްބަރުން ހަމަ ނުވާތީ ކަމުގައެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވެގެން އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީ އުވާލުމަށް ނިންމީ 2023 ވަނަ އަހަރުގެ މެއި މަހުގައެވެ. އެފަހަރު އެޕާޓީ އުވާލަން ކޮމިޝަނުން ނިންމުމުން އެޕާޓީގެ އިސްފަރާތްތަކުން ވަނީ އެމައްސަލަ ކޯޓަށް ހުށައަޅާފައެވެ. ފުރަތަމަ އެޕާާޓީ އުވާލަން ނިންމި އިރު އެޕާޓީގައި އޭރު ތިބީ، 2،981 މެންބަރުންނެވެ. އަދި އޭރު އެޕާޓީން މެމްބަރޝިޕް ފޯމްތަކެއް ހުށައަޅާފައި އޮތުމާއިއެކު ކޯޓުން ނިންމީ އެމްއާރްއެމް އުފައި ނުލެވޭނެ ކަމަށެެވެ.

މިއަދު އަނެއްކާވެސް އެޕާޓީ އުވާލަން ނިންމި އިރު އެޕާޓީގައި ތިބީ، 2،234 މެންބަރުންނެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރްއެމް ރަޖިސްޓްރީކޮށް ދިނީ ނޮވެމްބަރު 20، 2019 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.