Advertisement

ރައީސް މައުމޫނުގެ ވެރިކަމުގައި ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ---

10 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އަރަބި ލީޑަރުން އެތިބީ ކުޅިބަލަން: ރައީސް މައުމޫން

އިޒްރޭލުން ކޮންމެ ދުވަހަކު ޣައްޒާގެ އާއްމުންގެ ތެރެއިން އެތައް ބަޔަކު މަރަމުން ގެންދާއިރު، ޢަރަބި ލީޑަރުން ތިއްބެވީ ކުޅިބަލަން ކަމުގައި ވިދާޅުވެ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް އަރަބި ޤައުމުތަކުގެ ލީޑަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ދިވެހިބަހުން އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުށެއް ނެތް ޣައްޒާގެ އާންމުންނެއް އިސްރާއީލުން އެދަނީ ރަހުމެއްނެތި މަރަމުން ކަމަށާއި، އަރަބި ލީޑަރުން އެތިބީ ކުޅިބަލަންކަމަށެވެ. އަދި ޢަރަބި ލީޑަރުން އެކަމާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރެއްވައި ތިއްބެވުމަކީ، ހިތާމައިގެ ކޮޅެއްވެސް ނެތްކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިޒްރާއީލުން 8 އޮކްޓޫބަރު 2023އިން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައިމިހާތަަނަށް 40،000 އެއްހައި ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

ރައީސް މައުމޫނުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ފަލަސްޠީނާއި ދެމެދު ގާތްގުޅުންތަކެއް ބޭއްވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި، ފަލަސްޠީނުގެ ރައީސް ޔާސިރު އަރަފާތުވެސް ރާއްޖެއަށް ވަޑައިގެންނެވިއެވެ. އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލްޢާއްމަށް ވާގިދޭ ޤައުމުތަކަކީ، އެމެރިކާ އާއި އިނގިރޭސި ވިލާތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.