Advertisement

ރައީސް މައުމޫން --

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަރުގެ ހުކުމް ތަންފީޒްކުރުމާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫނުގެ ނުސީދާ ރައްދެއް!

މަރުގެ ހުކުމް ތަންފީޒްކުރުމާއި ގުޅޭގޮތުން މިއަދު ހޯމް މިނިސްޓަރު ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް ނުސީދާ ގޮތެއްގައި ރައްދުދެއްވައިފިއެވެ.

ރައީސް މައުމޫނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަރަށް ބޮޑަށް މަޢާފަށް އެދެމުން ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެމަނިކުފާނު ނުދެނަހުރިކަމަށެވެ.

ރައީސް މައުމޫން އެކްސްގައި ލިޔުއްވި ޕޯސްޓް

މިސަރުކާރުން މަރުގެ ހުކުމް ތަންފީޒް ކުރާނޭ ކަމުގައި ވިދާޅުވެ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިސަރުކާރުން މަރުގެ ހުކުމް ތަންފީޒް ކުރާނޭ ކަމަށާއި، އެކަމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރޭން ކުރަން ހުރިކަންކަން ކުރާނޭ ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒް ކުރެވޭނީ ޝަރުޢީ ތިން މަރުޙަލާ ނިމިފައިވާ މީހުންގެ މައްޗަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ސްކްރީމްކޯޓުން މަރުގެ ޙުކުމް ދަމަހައްޓާފައިވާ 4 މީހަކު މާފުށީ ޖަލުގައި ބަންދުކޮށްފައި އެބަތިއްބެވެ.

ރާއްޖޭގައި އެންމެ ފަހުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައި، ޙުކުމް ތަންފީޒްކޮށްފައި ވަނީ، 7 އޭޕްރީލް 1953 ގައެވެ. އެފަހަރު މަރުގެ ހުކުމް ތަންފީޒްކޮށްފައި ވަނީ ހުވަދު އަތޮޅު އަތޮޅުވެރިޔާ މަރާލުމުގެ ކުށުގައި ނިލަންދޫ ޙަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް މަރުގެހުކުމް ތަންފީޒްކުރީ ބަޑިޖަހައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.