Advertisement

ރައީސް މައުމޫނާއި، ރައީސް ޑރ. މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ---

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްތަކާއި ގުޅޭ ގޮތުން ރައީސް މައުމޫނު ރައީސް މުޢިއްޒާއި މަޝްވަރާކުރައްވައިފި

ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

އެދެބޭފުޅުން ބައްދަލުކުރައްވާފައި ވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރީގެ ރައީސަކާއި އެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެހެން ނަމަވެސް އެބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ސިޔާސީ ކަންކަމުގެ ތަފްސީލެއް އެބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.

މިބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން ރައީސް މައުމޫނު އެކްސްގައި ލިޔުއްވާފައި ވަނީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށްގޮސް ބައެއްކަންކަމާ މަޝްވަރާ ކޮށްލުމުގެ ފުރުޞަތު ދެއްވިކަމަށްޓަކާ އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު އަދާކުރައްވާކަމަށެވެ.

ރައީސް މައުމޫނަކީ، ރާއްޖޭގައި މިވަގުތު ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރުބޭފުޅާއެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނެސް، ސިޔާސީ އިސްލާޙީ ބަދަލުތަކުގެ ތެރެއިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.