Advertisement

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް --

10 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް މައުމޫނާއި އީދު ސަލާމް ކުރެއްވުމުގެ ފުރުޞަތު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި ޢީދު ސަލާމްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައްވައިފިއެވެ.

ރައީސް މައުމޫނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢީދު ސަލާމް ކޮށްލެއްވުމަށާއި އެމަނިކުފާނާއި  ބައްދަލުކޮށްލެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް  އީދު ދުވަހު ވަގުތުކޮޅެއް ހުސްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން އެމަނިކުފާނާއި އީދު ސަލާމް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ހެނދުނު 9:30 އިން 11:00އަށް އެންދެރިމާގޭގައި ބައްދަލު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ، 11 ނޮވެމްބަރު 1978 އިން 11 ނޮވެމްބަރު 2008އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ފުރުއްވައި، ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައިވެސް ކޮންމެ ޢީދަކާއި ގުޅުވައިގެން ޢީދު ސަލާމް ކުރެއްވުން ބާއްވަމުން ގެންދެވިއެވެ.

ރައީސް މައުމޫނު ވަނީ، މިޢީދުގެ ހެޔޮއެދުމާއި ތަޙްނިޔާވެސް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.