Advertisement

އީރާނުން އިޒްރޭލަށް ހަމަލާދިނުން --

14 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާތަކަށް ތާއީދު ކުރައްވާކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެ

ހައްދު ފަހަނައެޅި ޔަހޫދީ ދައުލަތަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަަކަށް ތާއީދު ކުރައްވައި އެކަމަށް މަރުޚަބާ ދަންނަވާ ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ، ރޭ އީރާނު އިޒްރޭލަށް ދިން ރައްދު ހަމަލާތަކަށް، ހޫނު މަރުހަބާއެއް ދަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސް މައުމޫނުގެ ޓްވީޓް

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރާއީލުން ހަމަލާދިނުމާއި ގުޅިގެން، އެކަމުގެ ބަދަލު ހިފުމުގެ ހަމަލާތައް ދޭނެ ކަމުގައި އީރާނުން ވަނީ ބުނެފައެވެ. މިގޮތުން ބަދަލު ހިފުމުގެ ގޮތުން އީރާނުން، ފިދާއީ ޑްރޯންތަކާއި ބެލެސްޓިކް މިސައިލުން ފޮނުވާލި ހަމަލާތައް އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް އަމާޒުވިއެވެ. އެހެން ނަމަވެސް ހަމަލާގެ 99 ނާކާމިޔާބު ކޮށްލެވުނު ކަމުގައި އިޒްރޭލުން ވަނީ ބުނެފައެވެ.

އިޒްރާއީލުގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އެރުމުގެ ކުރިން ސޫރިޔާ އާއި އުރުދުންގެ ސަރަހައްދުގެ ތެރެއިން މިސައިލްތަކާއި ޑްރޯންތައް ވަނީ ގޮއްވާލަން ފަށާފައެވެ.

އިޒްރޭލު ހިމާޔަތްކޮށްދިނުމުގައި ސަޢޫދީ އަރަބިއްޔާ އާއި އުރުދުންއިން ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކަށް ރައީސް މައުމޫނު ތާއީދު ކުރެއްވި އިރު، ރައީސް މައުމޫނުގެ ސަރުކާރަކީ، ފަލަސްޠީނާއި ވަރަށް ގާތްގުޅުމެއް ބޭއްވި ސަރުކާރެކެވެ. ފަލަސްޠީނުގެ ރައީސް ޔާސިރު އަރަފާތު ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.