އިސްރާއީލަށް ދިން ހަމަލާތަކުގައި ބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުން ބުނެފި
ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ ރޭގެ ގާތްގަނޑަކަށް 8:00 ހާއިރު އިސްރާއީލަށް އަމާޒުކޮށް އިރާނުން ފޮނުވާލި 200 އަށް ވުރެން ގިނަ ޑްރޯން ހަމަލާތަކުގައި އިސްރާއީލަށް ބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުގެ ދިފާއީ ތަރުޖަމާނު، ޑެނިއަލް ހެގަރީ ބުނެފިއެވެ. އޭނާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އެ ގައުމަށް ހެޔޮ އެދޭ ގައުމުތައް ކަމުގައިވާ، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އެހީގައި އިރާނުން ފޮނުވާލި ގިނަ ހަމަލާތައްވަނީ އިސްރާއީލާ ހިސާބަށް ދިއުމުގެ ކުރިން ވައްޓާލާފައެވެ.