Advertisement

އީރާނުގެ އަސްކަރިއްޔާއިން، އެމްއެސްސީ އޭރީޒްއަށް އަރަނީ --

13 Apr 2024
އީރާން
ޢަލީ ސުލައިމާން

އިޒްރޭލާއި ގުޅުން އޮންނަ ކޮންޓެއިނާ ކާގޯ ބޯޓެއް އީރާނުން ހިފަހައްޓައފި

އިޒްރޭލާއި ގުޅުން އޮންނަ ކާގޯ ބޯޓެއް ކަމަށްވާ، އެމްސީއެސް އޭރީޒް، ހޮރުމޫޒް ކަނޑު އޮޅިމަތިން އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ކޮންޓައިނާ އާގުބޯޓު އީރާނުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އީރާނުގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ގޮސް ބޯޓަށް އެރުމަށްފަހުގައެވެ.

ލަންޑަންގެ ޒޮޑިއަކް މެރިޓައިމްއާ ގުޅިފައިވާ ކޮންޓެއިނަރު އާގު ބޯޓު އެމްއެސްސީ އޭރީޒް ޕޯޗުގީޒްގެ ދިދަ ޖަހާފައިވާ ބޯޓެކެވެ. މިކޮންޓެއިނާ ކާގޯ ބޯޓު ދުއްވާ ޒޮޑިއަކް މެރިޓައިމް ކުންފުންޏަކީ، އިޒްރޭލުގެ ޔަހޫދީ ބިލިއަނަރު އެޔަލް އޮފަރގެ ޒޯޑިކް ގްރޫޕްގެ ކުންފުންޏެކެވެ.

އެމްއެސްސީ އޭރީޒް --

އީރާނުން އިޒްރޭލަށް މުދާ އުފުލާ ކާގޯބޯޓު ހިފަހައްޓާފައި ވާއިރު، އިޒްރޭލުން ސީރިއާގައި ހުރި އީރާނުގެ އެމްބަސީއަށް ހަމަލާދީ، އީރާނުގެ އިސސް އޮފިޝަލުންތަކެއް މަރާލުމާއި ގުޅިގެން އީރާނުން އޮތީ އިޒްރޭލަށް ރައްދު ހަމަލާތައް ދޭން ތައްޔާރުވެގެންނެވެ. އިޒްރޭލަށް ނިސްބަތްވާ ބޯޓު ހިފަހައްޓާފައި މިވަނީ ކޮންމެ ވަގުތެއްގައިވެސް އެހަމަލާތައް ފަށައިފާނެ ކަމަށް ބެލެވިފައިވަނިކޮށެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ރަތްކަނޑުގެ ތެރެއިން އިޒްރޭލުގެ ޕޯޓު ސިޓީ އީލާތަށް ދަތުރުކުރާ ކާގޯ ބޯޓުތައް އަތުލައިގަނެ ރަތްކަނޑު އިޒްރޭލަށް ބަންދުކޮށްފައެވެ. އެހެންވެ އިޒްރޭލަށް މުދާ އުފުލުމުގައި ބޭނުން ކުރަމުން އައީ ޕާސިއަން ގަލްފެވެ. އީރާނުން ހޮރްމޫޒް ކަނޑު އޮޅި ބަންދުކޮށްފި ނަމަ، އިޒްރޭލަށް އިޤުތިޞާދީ އިތުރު ދަތިތަކާއި ކުރިމަތިވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.