Advertisement

އިޒްރޭލުގެ އެމްބަސީއެއް --

05 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ރައްދު ހަމަލާއެއްގެ ބިރަށް އިޒްރޭލުން ފަސް ޤައުމެއްގައި ހުރި އެމްބަސީތައް ބަންދުކޮށްފި

އިޒްރޭލުން ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދީފާނެ ހަމަލާއެއްގެ ބިރަށް ފަސް ޤައުމެއްގައި ހުރި އިޒްރޭލުގެ އެމްބަސީތައް ހުސްކޮށް ބަންދުކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްރާއި ބަޙްރައިން އަދި އުރުދުން އާއި މަޣުރިބު އަދި ތުރުކިޔޭގައި ހުންނަ އިޒްރާއީލުގެ އެމްބަސީތައް ހުސްކޮށް މިހާރު ވަނީ އެތަންތަން ބަންދުކޮށްފައެވެ. އެމެރިކާގެ ސީއައިއޭއިން ވަނީ އީރާނުން ބެލެސްޓިކް މިސައިލުންނާއި ފިދާޢީ ޑްރޯންތައް ބޭނުންކޮށްގެން އިޒްރޭލުގެ އަމާޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މިއިންޒާރާއި ގުޅިގެން އިޒްރޭލުން ފިޔަވަޅުތައް އަޅަމުން އަންނައިރު، ތެލްއަވީވަށް ކުރިމަތިވެދާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން، ހޮސްޕިޓަލްތައްވެސް ވަނީ އެލާޓަށް ގެނެސްފައެެވެ. އަދި އިޒްރޭލުގެ ސިފައިންނަށް ޗުއްޓީދިނުންވެސް މެދުކަނޑާލައި 77000 ސިފައިން ހަނގުރާމައަށް ނެރުމަށް އިޒްރޭލުން އަންނަނީ ތައްޔާރުވަމުންނެވެ.

ސޫރިޔާގައި ވެރިރަށް ދިމިޝްޤުގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ވަޢުދުވެފައެވެ. އީރާނުގެ ބޯޑަރު ހުރަސްކޮށް ޢިރާޤުގެ ތެރެއަށް އީރާނުގެ އަސްކަރިއްޔާގެ ފައުޖުތައް މިހާރު ވަނީ ބަރު ހަތިޔާރާއި އެކު ވަދެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.