Advertisement

އީރާންގެ ރައީސް އިބްރާހީމް ރައީސީ --

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރުގެ ބައިތައް ފެނިއްޖެ

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެމަނިކުފާނުގެ އަރިހުގައި ދަތުރު ކުރެއްވި އީރާންގެ ސަރުކާރުގެ އިސް އޮފިޝަލުން ތިބި ހެލިކޮޕްޓަރުގެ ބައިތައް ހޯދިއްޖެކަމުގައި އީރާނުން ބުނެފިއެވެ.

ހެލިކޮޕްޓަރު ވެއްޓުނުތަން މިހޯދުނީ ހާދިސާއަށް 12 ގަޑި އިރަށް ވުރެ ގިނަ އިރު ވެފައި ވަނިކޮށެވެ. އީރާންގެ ރެޑް ކްރެސެންޓުން ބުނެފައި ވަނީ ހެލިކޮޕްޓަރު ވެއްޓުނުތަން ހޯދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ، މޫސުމް ގޮސްވެ ބިމަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދާއި ކައިރިއަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ބާރުގަދަ އަޑުފައްގަނޑެއް އިވުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ވެއްޓުނު ހެލި ކޮޕްޓަރު ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވީނަމަވެސް، އެއިން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަން ނުވަތަ ނޫންކަން އަދި ހާމައެއް ނުކުރެއެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ އާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ގެންދަވަނީ ހިތާމަފާޅު ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.