Advertisement

14 Apr 2024
ދުނިޔެ

އިސްރާއީލަށް ދިން ހަމަލާތަކުގައި ބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުން ބުނެފި

ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ ރޭގެ ގާތްގަނޑަކަށް 8:00 ހާއިރު އިސްރާއީލަށް އަމާޒުކޮށް އިރާނުން ފޮނުވާލި 200 އަށް ވުރެން ގިނަ ޑްރޯން ހަމަލާތަކުގައި އިސްރާއީލަށް ބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުގެ ދިފާއީ ތަރުޖަމާނު، ޑެނިއަލް ހެގަރީ ބުނެފިއެވެ. އޭނާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އެ ގައުމަށް ހެޔޮ އެދޭ ގައުމުތައް ކަމުގައިވާ، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އެހީގައި އިރާނުން ފޮނުވާލި ގިނަ ހަމަލާތައްވަނީ އިސްރާއީލާ ހިސާބަށް ދިއުމުގެ ކުރިން ވައްޓާލާފައެވެ.

ދިފާއީ ރައްދެއްގެ ގޮތުން އިރާނުން އިސްރާއީލުގެ މިލިޓަރީ ބޭސްއަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުން އެ މިލިޓަރީ ބޭސްއަށް ވެސް ބޮޑު ގެއްލުންތަކެއް ނުވާކަމަށާއި، އެއެވެސް މީހަކު މަރުވެފައިވާ ނުވާކަމަށް އިސްރާއީލުން ބުނެއެވެ. މިއީ އިރާނުން އިސްރާއީލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ސީދާ ހަމަލާއެވެ.

އިރާނުގެ މި ހަމަލާއާ ގުޅިގެން އެ ގައުމުން ބުނީ، މިއީ ޑެމާސްކަސްގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހު ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދިން ރައްދެއް ކަމަށެވެ

އިރާނުން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާމަކޮށްފައިވާ ގޮތުގައި، އިރާނުގެ މި ހަމަލާއާއެކީ، ސީރިއާގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓު އޮފީހަށް ދިން ހަމަލާގެ ރައްދުދީ ނިމުނީއެވެ. އަދި އިސްރާއީލުން އިތުރު ގޯހެއް ހަދައިފިނަމަ، ބަދަލުގައި މި ހަމަލާއަށް ވުރެން ވަރުގަދަކޮށް އިރާން ފެނިގެން ދާނެކަމަށް ވެސް ބުނެފައިވެއެވެ

އިރާނުން އ.ދ. އަށް ފޮނުވާފައިވާ ސިޓީގައި ވެސް، އެ ގައުމުން މަސްރަހު ހޫނު ކުރަން މަސައްކަތް ނުކުރާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.