Advertisement

އީރާނުގެ އިސްވެރިން ---

13 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އެމެރިކާ އާއި އިނގިރޭސި ރައްޔިތުން އިޒްރޭލުން ނުކުތުމަށް އެ ދެޤައުމުން ގޮވާލައިފި

އީރާނުގެ އިޒްރޭލަށް ހަމަލާދިނުމުގެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށާއި، އިޒްރޭލުގައި ތިބި އެމެރިކާއާ އިނގިރޭސި ވިލާތުގެ ރައްޔިތުން އެޤައުމުން ނުކުރުމަށް އެދެޤައުމުގެ ސަރުކާރުގެ އިސްފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.

އެމެރިކާއިން ބުނެފައި ވަނީ، އިޒްރޭލުގައި ތިބި އެމެރިކާ ރައްޔިތުންގެ ތެރެއިން އިޒްރޭލުގައި މަޖުބޫރީ ހާލަތެއްގައި ތިބެންޖެހޭ ފަރާތްތައް ނޫން އެހެން ހުރިހާ ފަރާތްތަކެއް އިޒްރޭލުން ނުކުތުމަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން އެމެރިކާއިން ވަނީ ކުރިޔަށް އޮތް މަދު ވަގުތުތަކުގެ ތެރޭގައި އީރާނުން އިޒްރޭލުގެ މުހިއްމު ބޮޑެތި ސިޓީތަކަށް ހަމަލާތައް ދޭން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި 100 އަށްވުރެ ގިނަ ޑްރޯން ހަމަލާއާއި ބެލެސްޓިކް މިސައިލް ހަމަލާތައް އީރާނު އިޒްރޭލަށް އަމާޒު ކުރާނެ ކަމަށް ބެލެވޭ ކަމުގައިވެސް އެމެެރިކާގެ ޖާސޫސީ އިދާރާއިން ވަނީ އިޒްރޭލަށް އިންޒާރުކޮށްފައެވެ.

އިޒްރޭލުން އެޤައުމުގެ އަޔަންޑޯމްގެ ދިފާޢު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ހުކުރު ދުވަހުގެ ރޭ ދެކުނު ލުބުނާނުގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ، އިޒްރޭލުގެ އުތުރު ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދޭންފަށާފައެވެ. އަޔަންޑޯމްއަށް އޮބި ނޯންނަވަރަށް ލުބުނާނުގެ ތެރެއިން އިޒްރޭލަށް ހަމަލާންދޭން ފެށުމުގެ ބޭނުމަކީ އީރާނުގެ ހަމަލާތައް ފަށައިފާނެ ކަމުގެ ނިޝާނެއް ކަމުގައިވެސް ޖާސޫސީ އިދާރާތަކުން ވަނީ ބުނެފައެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފްރާންސްއިން ވަނީ އީރާނުން އިޒްރޭލަށް ހަމަލާ ނުދިނުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. 

އިރާނުން ވަނީ، ސީރިއާގައި ހުރި އެޤައުމުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމަށް ވަޢުދުވެފައެވެ. އީރާނު ދީފާނެ ވަރުގަދަ ރައްދު ހަމަލާއެއްގެ ބިރަށް މީގެ ހަފްތާއެއް ކުރިން އިޒްރޭލުގެ ރައްޔިތުން ވަނީ ބޮން ޝެލްޓަރ ތަކުން ހިމާޔަތް ހޯދަން ފަށާފައެވެ. އަދި އިޒްރޭލުން ވެރިވެގަނެގެން އުޅޭ ބިންތަކުގައި ވަޒަންވެރިވެފައިވާ މީހުންވެސް ވަނީ އިޒްރޭލު ދޫކޮށްދާން ފަށާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވިދާޅުވީ، އަވަހަށް ނުވަތަ ލަހުން ނަމަވެސް އީރާނު އިޒްރޭލަށް ހަމަލާދޭނެ ކަމަށެވެ. އަދި އިޒްރާއީލް ދިފާއުކުރުމުގައި އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޤަތަރާއި ކުވެއިތުން ވަނީ، އެޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީމަރުކަޒުތައް އީރާނާއި ދެކޮޅަށް ހަމަލާދިނުމަށް ބޭނުން ކުރިޔަ ނުދޭނެ ކަމަށް ބުނެފައެވެ.

މެދު އިރުމަތީގެ ހާލަތު މިހާރު އޮތީ އިޒްރޭލަށް އީރާނުން ކޮންމެ ފަދަ ވަގުތެއްގައިވެސް ހަމަލާ ދީފާނެ ހާލަތެއްގައެވެ. އީރާނުގެ އިސް ފަރާތްތަކުން ވަނީ، އިޒްރާއީލާއި ކުރިމަތި ކުރާނީ އެޤައުމުގެ ނިމުން ކަމުގައި ބުނެފައެވެ. ހަތިޔާރާއި އަސްކަރީ ގޮތުން ބަލާއިރުވެސް އީރާނަކީ އިޒްރޭލަށްވުރެ ބާރުގަދަ ޤައުމެކެވެ. އެހެން ނަމަވެސް އީރާނުން އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ، ހަނގުރާމައިގެ ތެރެއަށް އެމެރިކާވަންނާނެ ކަމުގެ ބިރު އޮތީ ބޮޑުވެފައެވެ. އީރާނުންވެސް ބުނެފައި ވަނީ، އީރާނުންދޭ ހަމަލާގެ ތެރެއަށް އެމެރިކާއިން ވަދެއްޖެ ނަމަ، މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސަލާމަތުން ނޯންނާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.