Advertisement

އިޒްރޭލަށް އީރާނުން ހަމަލާ ދެމުން ދިޔަ ވަގުތު ---

14 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އީރާނުން ދިން ހަމަލާތައް އިޒްރޭލުގެ ރާމަން އެއާބޭސްއަށް އަމާޒުވެ ގެއްލުންތައް ލިބިއްޖެ

ރޭ އީރާނުން އިޒްރޭލަށް އަމާޒުކޮށް ފިދާއީ ޑްރޯންތަކުންނާއި ބެލެސްޓިކް މިސައިލްތަކުން ދިން ހަމަލާތައް ހުއްޓުވުމަށް އިޒްރާއީލާއި އެމެރިކާ އިނގިރޭސި ވިލާތާއި އުރުދުން އަދި ސަޢޫދީ ޢަރަބިއްޔާއިން ގުޅިގެން މަސައްކަތް ކުރި ނަމަވެސް ބައެއް މިސައިލްތައް އަމާޒަށް ވާސިލްވެފައިވާ ކަަމަށާއި، އިޒްރޭލްގެ ރާމަން އެއާބޭސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

އީރާންގެ ހަމަލާތަކުގައި އިޒްރޭލަށް ލިބުނު ގެއްލުމުގެ ތަފްސީލްތަކެއް ނޭނގެއެވެ. އެހެން ނަމަވެސް އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީން އާބާދުކޮށްފައިވާ ހުޅަނގު ޤުދުސް އަށާއި، ތެލްއަވީވަށް އަދި އީލާތަށް ވަނީ ހަމަލާތައް އަރާފައެވެ.

ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަަމަށް ރިޕޯޓްކޮށްފައި ވަނީ ރާމަން އެއާ ބޭސްއަށެވެ. މީގެ އިތުރުން، އިޒްރޭލުން 10 އަހަރުގެ ކުޑަކުއްޖަކު މަރުވިކަމަށާއި އިތުރު މީހަކަށް ހޮސްޕިޓަލުފައި ފަރުވާދެމުންދާކަމަށް ބުނެފައިވެއެވެ.

އީރާނުން ބުނެފައި ވަނީ، އިރާނުން ދިން ބަދަލު ހިފުމުގެ ހަމަލާތަކާއި ގުޅުވައި އިޒްރޭލަށް އީރާނަށް އިތުރު ހަމަލާއެއް ދީފިނަ މިއަށްވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.