Advertisement

އީރާންގެ ރައީސާއިއެކު ހެލިކޮޕްޓަރުގައި ދަތުރު ކުރެއްވި ބޭފުޅުން އެންމެ ފަހުން ނަންގަވާފައިވާ ރަސްމީ ފޮޓޯ --

19 May 2024
ދުނިޔެ
ޢަލީ ސުލައިމާން

އީރާންގެ ރައީސާއި ސަރުކާރުގެ އިސް އޮފިޝަލުން ދަތުރު ކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު އަދި ނުފެނޭ

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި ސަރުކާރުގެ އިސް އޮފިޝަލުން ދަތުރު ކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު އަދި ނުފެންނަ ކަމުގައި އީރާންގެ ޤައުމީ ޓީވީން ބުނެފިއެވެ.

އީރާންގެ ޤައުމީ ޓީވީން ބުނީ ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދުގެ މޫސުމް ވަރަށް ގޯސް ކަމަށާއި، ދުންފިނި ބޯވުމާއި އެސަރަހައްދަކީ ފަސްގަނޑު ދޫ ފަރުބަދަ މަތީގެ ސަރަހައްދަކަށް ވާތީ ހެލިކޮޕްޓަރު ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ހެލިކޮޕްޓަރު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި އީރާން އަސްކަރިއްޔާގެ ހުރިހާ ވަސީލަތެއް އެކަމަށް ބޭނުން ކުރަމުންދާ ކަމަށެވެ.

އަޒަރުބައިޖާނާއި އިރާޤު ސަރުކާރުން ވަނީ، ސަރޗްއެންޑް ރެސްކިއުގައި އީރާނަށް އެހީތެރިވުމަށް ހުށައަޅާފައެވެ.

ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުމް ގޯސްވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައިވެސް އީރާނުގެ ޤައުމީޓީވީން ބުނެފައިވެއެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.

އީރާންގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި، އީރާންގެ ރައީސް އަވަހަރާވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރެއް ނޫނެވެ.

އީރާންގެ ރައީސް ކަމުގެ މަޤާމަށް އިބްރާހީމް ރައީސީ އިންތިޚާބު ކުރީ 2021 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.