Advertisement

އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް --

14 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އީރާނުން ފޮނުވާލި ހަމަލާތަކުގެ ތެރެއިން އިޒްރޭލަށް އަމާޒުވީ 7 ބެލެސްޓިކް މިސައިލް

 ރޭ އިޒްރާއީލާއި ދެކޮޅަށް އީރާނު ދިން ރައްދު ހަމަލާތަކުގައި، އިޒްރޭލުގެ ސަރަހައްދުތަކަށް އެރީ އީރާނުން ފޮނުވާލި، 7 ބެލެސްޓިކް މިސައިލް ކަމުގައި އިޒްރޭލުގެ ޚަބަރުތައް ގެނެސްދޭޭ ފަރާތްތަކުން ރިޕޯޓުކޮށްފިއެވެ.

އީރާނުން އިޒްރޭލަށް އަމާޒުކޮށް ރޭ ހަމަލާތައް ދީފައި ވާއިރު، އިޒްރޭލުން ބުނެފައި ވަނީ، އީރާނުގެ ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބު ކޮށްލެވުމުނު ކަމަށެވެ. މިގޮތުން އުރުދުން އާއި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމާއިއެކު އިޒްރޭލުގެ ސަރަހައްދާއި ހަމައަށް ހަމަލާތައް ފޯރުމުގެ ކުރިން ވައިގެ ތެރޭގައި މިސައިލްތައް ވަނީ ގޮއްވާލާފައެވެ.

އިޒްރޭލުން ބުނެފައިވާ ގޮތުގައި އީރާނުން ފޮނުވާލި 185 ޑްރޯންވެސް ކާމިޔާބު ކަމާއި އެކު ވައްޓާލި އިރު 103 ބެލެސްޓިކް މިސައިލްގެ ތެރެއިން 110 މިސައިލް ވައްޓާލި ކަމަށެވެ. އަދި އީރާނުން ފޮނުވާލި، 36 ކްރޫޒް މިސައިލްވެސް އިޒްރޭލުގެ ސަރަހައްދުތެރެއަށް ވަނުމުގެ ކުރިން ވައްޓާލި ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނު އިޒްރޭލަށް ދިން ހަމަލާތަކުން ދިފާޢުކޮށް ދިނުމަށް، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ހަރަކާތްތެރިވެފައި ވާއިރު އިޒްރޭލުގެ އަސްކަރީ ބޯޓުތަކަށް އުރުދުން އާއި ސައޫދީ އަރަބިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިޒްރޭލަށް އަމާޒުކޮށް އީރާނުން ރޭ ފޮނުވާލި ހަމަލާތަކަކީ، ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރާއީލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ފޮނުވާލި ހަމަލާތަކެެކެވެ.

ކޮމެންޓް
ޑީޑީ
ސައުދީ އަކީވެސް ޔަހޫދީ ގައުމެއް، އުރުދުވާން އެކަމް އަނގަހުޅުވާގެން ވާހަކަ އެބަ ދައްކައެއްނޫން.
14 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.