Advertisement

އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީފައި ---

02 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ދިމިޝްގުގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީ، އެކޮންސިއުލޭޓުގައި ތިބި އީރާން އަސްކަރިއްޔާގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލައިފިއެވެ.

މިހަމަލާގައި އީރާން އަސްކަރިއްޔާގެ ތިން މުޝީރުންނާއި، ކޮމާންޑަރަކު ވަނީ ޝަހީދު ވެފައެވެ. މިގޮތުން ޝަހީދުވި ކޮމާންޑަރަކީ، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ކޮމާންޑްގެ ޤުދުސް ބްރިގޭޑްގެ ކޮމާންޑަރ މުޙައްމަދު ރިޟާ ޒާހިދީއެވެ. އިޒްރޭލުން ދަނީ، އީރާންގެ ކޮމާންޑަރުންނަށް މެރުމުގެ ސިލްސިލާއެއް ހިންގަމުންނެވެ. މިގޮތުން އިރާންގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ބޭނުމަކީ އެއީ ކަމުގައިވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެމެރިކާ އަޑީގައި އޮވެ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އީރާން ވެއްދުމަށް، އިޒްރޭލު ބޭނުންކޮށްގެން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ސޫރިޔާ އިރާޤު ލީބިޔާ އަފްޣާނިސްތާނު ފަދަ އިސްލާމީ ޤައުމުތަކަށް އަރައިގަނެ އެޤައުމުތައް ސުންނާފަތިކޮށްލައި، އެމެރިކާއިން އެޤައުމުތަކުގެ މުއްސަނދިކަމާއި ޚަޒާނާތައް ލޫޓުވާލާފައި ވާއިރު، ތެލުގެ މުއްސަނދިކަން ލިބިފައިވާ އީރާނަށް އަރައިގަނެ އެޤައުމުގައި މިހާރު އޮތް ސަރުކާރު ވައްޓާލުމަށް އެމެރިކާއިން އަންނަނީ ސިއްރިޔާތުގައި މަސައްކަތް ކުރަމުން ކަމުގައިވެސް ބައިނަލްއަޤުވާމީ މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.