Advertisement

އަވަހާރަވި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އީރާންގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ ހާމަނާއި --

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާނުގައި ޤައުމީ ހިތާމައިގެ 5 ދުވަސް އިއުލާނުކޮށްފި

އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އެގައުމުގައި، ޤައުމީ ހިތާމައިގެ 5 ދުވަސް އިއުލާނުކުރައްވައިފިއެވެ.

އީރާނުގެ ރައީސާއި އަރިހުގައި ދަތުރުކުރެއްވި ހުރިހާ ބޭފުޅުން އަވަހާރަވެފައި ވަނީ، އެބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައެވެ. ހެލިކޮޕްޓަރު ވެއްޓުމަށްފަހު، އެ ވެއްޓުނު ތަން ދެނެގަތުމަށްވެސް 12 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީގެ އިތުރުން، އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ވަނީ އަވަހާރަވެފައެވެ. އަދި ހެލިކޮޕްޓަރުގެ ދެޕައިލެޓުންނާއި ކުރޫއިންވެސް ވަނީ މަރުވެފައެވެ.

ހާދިސާ ހިނގީ މޫސުމް ގޯސްވެގެން ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް އެހާދިސާ އާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އީރާންގެ ރައީސް އަޒަރު ބައިޖާން ޕްރޮވިންސަށް ކުރެއްވި ދަތުރު ފުޅަށްފަހު އެނބުރި ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައި ތިން ހެލިކޮޕްޓަރު ބައިވެރިވެފައިވެއެވެ. އެތިން ހެލިކޮޕްޓަރުގެ ތެރެއިން ވެއްޓުނު ހަމައެކަނި ހެލިކޮޕްޓަރަކީ އީރާނުގެ ރައީސް އިންނެވި ހެލިކޮޕްޓަރެވެ.

އީރާންގެ ރައީސާއި ފޮރިންގ މިނިސްޓަރު އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ ވެރިން ގެންދަވަނީ، އީރާންގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާގެ މެސެޖުތައް ފޮނުއްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.