Advertisement

ހަނދު --

17 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރުގެ ސުޕަރ މޫން ފެންނާނީ މިރޭ: ރައީސް މައުމޫން

މިރެއަކީ މިއަހަރު ފެންނާނޭ އެންމެ އަލިގަދަ އަދި ބުރުހަމަ ހަނދު އެންމެ ބޮޑުކޮށް ފެންނާނެ ރޭކަން ރައީސް މައުމޫން ހަނދާންކޮށްދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މައުމޫން ވިދާޅުވީ،  މިއަަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ފެންނާނީ މިރޭ ކަމަށާއި، މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި ކަމަށެވެ. އަދި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައިކަމަށާއި ހަނދު ބަލާލެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނަކީ، ފަލަކީ ޢިލުމަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން ބަހައްޓަވާ، އަދި އެމައުލޫމާތު އާއްމުންނާއި ޙިއްޞާކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަވާ ބޭފުޅެކެވެ.

ނުޖޫމީ ޢިލްމުގެ މައުލޫމާތުތައް ގެނެސްދޭ މަސްދަރުތަކުގައި ހާމަކޮށްފައިވާ ގޮތުގައި، ދެން ބުރުހަމަ ބޮޑު ހަނދެއް ދުނިޔެއަށް ފެންނާނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ހަަމަ އެއަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުވެސް ބުރުހަމަ ބޮޑު ހަނދެއް ދުނިޔެއަށް ފެންނާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
07 Apr 2025
ރައްޔިތުންގެ މަޖިލީހުގެ ރައީސް
ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށް މަޝްވަރާ މުހިންމު: މަޖިލީހުގެ ރައީސް
މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުން އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރައްވާފައިވޭ.
07 Apr 2025
ތަޢުލީމް
ދަރީންނަށް ތަޢުލީމު ދިނުމަކީ އިންވެސްޓްމެންޓެއް: ރައީސުލްޖުމްހޫރިއްޔާ
އެ މަނިކުފާނު ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުން ހޯދާ ނަތީޖާތައް އިތުރަށް ރަގަޅުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
06 Apr 2025
ޚަބަރު
ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކޮށްފި
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައި ވަނީ 22 މާރިޗު 2025 ގައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި ގުޅިގެން، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދާކަމުގެ ތުހުމަތެވެ. އަދި އެމައްސަލަ އާއި ގުޅިގެން ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން ބައިމިލިޔަނަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
06 Apr 2025
ޚަބަރު
ގއ ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މަހު 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.