Advertisement

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމް

17 Aug 2023
ޚަބަރު

ބައެއް ކެންޑިޑޭޓުން ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވެވަޑައިގެން އުޅުއްވާކަމަށް ހީފުޅުވާކަމުގައި ރައީސް މައުމޫނު ވިދާޅުވެއްޖެ

ބައެއް ކެންޑިޑޭޓުން ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވެވަޑައިގެން އުޅުއްވާކަމަށް ހީފުޅުވާކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވެވަޑައިގަންނަވާ ވަޢުދުތަކާއި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫނު ވަނީ، ޤާނޫނުތަކާއި އުސޫލާއި ހަމައަށް ބެއްލެވުމެއްނެތި ބައެއް ކަންކަން ކުރައްވާނެކަމަށް ވިދާޅުވެ ބައެއް ކެންޑިޑޭޓުން ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކާއި މެދި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ، ބައެއް ކޭންޑިޑޭޓުން ވާހަކަ ފުޅު ދައްކަވާއިރު ހީވަނީ ޚުދު މުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެންކަމަށާ،  ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ ވިދާޅުވާއިރު އެކަމެއް ކުރަން އޮންނަ ޤާނޫނީ ހަމަތަކާއި ޑިއުޕްރޮސެސް ކޮބައިތޯ ރައީސް މައުމޫނުވަނީ ސުވާލު ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން ކެމްޕޭންކުރައްވަމުން ގެންދަވާ، ޕީއެންސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަންނަވާ ދުވަހު، ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ޤާސިމް އިބްރާހިމް ވަނީ، ހުޅުމާލޭގެ ފްލެޓްތަކާއި ބިންތަކުގެ ކުޅި މަޢާފްކުރާނެ ކަމުގައި ވިދާޅުވެފައެވެ. އުމަރު ވަނީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށްތައް ހުއްޓުވައި، މަރުގެ ޙުކުމް ތަންފީޒްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަަކުރެއެވެ. އޭގެ ތެރެއިން ކެމްޕޭންގައި ޢަމަލީ ގޮތުން އުޅުއްވާތީ ފެންނަނީ ތިން ކެންޑިޑޭޓުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.