Advertisement

ހާދިސާ ހިނގާފައިވާ “މާރަނގަ” ގޭގެ ފުރާޅު, ފޮޓޯ: ސޯޝަލް މީޑިއާ

29 Dec 2023
ޚަބަރު

ވިއްސާރައިގަ ހިންނަވަރު ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ޅ. ހިންނަވަރު ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ. 

“ނޫން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރާޅު އެއްލާލާފައިވަނީ އެ ރަށު މެދުހުރަސް މަގުގައި ހުންނަ “މާރަނގަ” ނަމަކަށް ކިޔާ ގޭގެއެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެ ގޭގެ ފުރާޅު އެއްލާލާފައިވަނީ މިއަދު މެންދުރުކުރިން އައި ވަރުގަދަ ކޮޅިގަނޑެއްގައެވެ. އަދި މި ފުރާޅަކީ އެ ގޭގެ ސިޑިގޮޅިމަތީގައި އަޅާފައިވާ ކޮންކްރީޓް ޝީޓުގެ މަތިން ފެން ހެދުން ހުއްޓުވުމަށް އަޅާފައިވާ ކުޑަ ފުރާޅެއްކަމުން، މި ފުރާޅު ވަޔާ އެއްލާލުމަކުން ގޭތެރެއަށް އޭގެ އެއްވެސް އަސަރެއް ނުކުރާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެދިފައެވެ. އަދި މިއަދުގެ 2:00 އިން މިރޭގެ 8:00 އާ ހަމައަށް، ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް “ވައިޓް އެލާޓް” ވެސް ވަނީ ނެރެފައެވެ. މި ވަގުތުތަކުގައި ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމާއި، ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އަންގާފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.