Advertisement

ސްޓެލްކޯގެ އިންޖިނޭރަކު ކަރަންޓްގެ ޚިދުމަތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ ---

01 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާތައް ހުށައެޅުމަށް ސްޓެލްކޯއިން އެދިއްޖެ

ކަރަންޓް ބިލްތައް ބޮޑު ކަމަށް ބުނެ ކުރާ ޝަކުވާތައް އިތުރުވުމާއި ގުޅިގެން އެޝަކުވާތައް ހުށައެޅުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ވަނީ ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާތައް އެކުންފުނީގެ ނަމްބަރު، 7788438 އަށް ނުވަތަ، އެކުންފުނީގެ އީމެއިލް  [email protected] އަށް ހުށައެޅުމަށް އެދިފައެވެ.

ސްޓެލްކޯއިން ބުނީ ހުށައަޅާ ޝަކުވާތައް ބަލައި 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ސްޓެލްކޯއިން ކަރަންޓްބިލްތައް ފޮނުވިއިރު، ބިލްތައް އާދަޔާއި ޚިލާފަށް ބޮޑު ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްވެސް ސްޓެލްކޯއަށާއި ސްޓެލްކޯގެ ވެރިންނަށް ސޯޝަލްމީޑިއާގައި ބައެއް މީހުންކޮށްފައިވެެއެވެ.

ފާއިތުވި ތިން މަހުވެސް އާއްމު ގޭބިސީތަކުގެ ކަރަންޓް ބިލްތައް ބޮޑުވެގެން ދިޔައިރު، މާރިޗުމަހާއި އޭޕްރީލް މަހު ސަރުކާރުން ވަނީ ކަރަންޓް ބިލްތަކަށް ވަރަށް ބޮޑު ޑިސްކައުންޓެއް ހަމަޖައްސައިދީފައެވެ.

ކޮމެންޓް
އަމާ
ލާރިތައް މަޅަނީ
02 Jun 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.