Advertisement

ސްޓެލްކޯގެ މައި ކޮންޓްރޯލް ރޫމް -- ފޮޓޯ: ނޫން.އެމްވީ

03 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާއަށް ހުޅުވާލުމުން ފުރަތަަމަ 24 ގަޑިއިރުގެ ތެރޭގައި 6000 ވުރެ ގިނަ ޝަކުވާ ހުށައަަޅައިފި

މެއި މަހުގެ ކަރަންޓް ބިލްތައް ބޮޑުވެ އާއްމުންގެ ޝަކުވާތައް އިތުރުވުމާއި ގުޅިގެން، ދިމާވެފައިވާ މައްސަލައަކީ ކޮބައިކަން ދެނެގަތުމަށް ޝަކުވާ ހުށައެޅުމަށް ސްޓެލްކޯއިން ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 6000 ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމުގައި ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓްލްކޯއިން ވިދާޅުވީ، ހޯމަ ދުވަހުގެ މެންދުރާއި ހަމައަށް ފޯނުން 659 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށާއި، އެކުންފުނީގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް، 6135 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި ހުރިހާ ޝަކުވާތަކަކަށްވެސް 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

އެކުންފުނިން ވިދާޅުވީ، ކަސްޓަމަރުން ހުށައަޅާ ޝަކުވާތަކަށް ބަަލައި، އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ނަމަ ބަލައި އެކަމެއް ރަނގަޅު ކުރަމުން ގެންދާނެ ކަމަށެވެ.

ހުސްވި މާރިޗުމަހާއި އޭޕްރީލް މަހުގައިވެސް އާއްމު ގޭބިސީތަކުގެ ކަރަންޓްބިލްތައް ބޮޑުވެ އެކަމުގެ ޝަކުވާތައް ރައްޔިތުން ކުރިއެވެ. އަދި އެދެ މަސްދުވަހުގެ ކަރަންޓް ބިލަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ސްޓްލެކޯއިން ވަނީ ޑިސްކައުންޓްދީ ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިކޮށްދީފައެވެ.

މެއި މަހުގެ ކަރަންޓް ބިލް ގޭބިސީތަކަށް ބޮޑުވެފައި ވަނީ، ކުރީ ދެމަހު ދިންފަދަ ޑިސްކައުންޓެން މިމަހު ދީފައި ނެތުމާއި، ކަރަންޓް ބޭނުން ކުރެވޭ މިންވަރުގެ އަދަދު އިތުރުވެފައި ވުމުގެ ސަބަބުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.