Advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ --

28 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ކަރަންޓް ބިލްތަކަށް ރޯދަމަހު ވަނީ 45 މިލިޔަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި: ޔުޓިލިޓީސް ކުންފުނިތައް

ރޯދަމަހު ފޮނުވި ކަރަންޓް ބިލްތަކަށް ދީފައިވާ ޑިސްކައުންޓް 45 މިލިއަނަށް އަރާކަމުގައި ޔުޓިލިޓީސް ކުންފުނިތަކުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ އާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވަނީ ކަރަންޓް ބިލްތަކާއި ގުޅިގެން މިހާރު ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، ރޯދަމަހު ފޮނުވި ކަރަންޓް ބިލްތަކަށް ޖުމުލަ 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން އަމަލުކޮށްފައި ވަނީ ޔުޓިލިޓީޒް ރެގިއުލޭޓަރީ ބޮޑީއާއި ސަރުކާރުން އެންގެވި ގޮތަށް ކަމަށެވެ. އަދި ރޯދަމަހު ފޮނުވި ކަރަންޓް ބިލަކީ، ރޯދަމަހު ބޭނުންކުރި ކަރަންޓަށްކޮށްފައިވާ ބިލް ނޫންކަން ފާހަގަކުރައްވައި ފަޙްމީ ވިދާޅުވީ، އެކަމުގެ ބޭނުމަކީ، ރޯދަމަހު ރައްޔިތުން ކުރަންޖެހޭ ހޭދައަށް ލުޔެއް ދެއްވުންކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު ވިދާޅުވީ، ކަރަންޓްގެ ޑިސްކައުންޓްގެ ގޮތުގައި ކަރަންޓް ބިލްތަކުން 25 މިލިޔަން ރުފިޔާގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ. މުއާޛު ވިދާޅުވީ، ރޯދަމަހު ޑިސްކައުންޓް ހިމަނައި ފޮނުވާފައިވާ ކަރަންޓް ބިލްގައި ހިމެނޭނީ، ރޯދަމަހު ބޭނުން ކުރެވުނު ކަރަންޓްގެ ބައެއް ކަމަށެވެ. އެގޮތުން ރޯދަަމަހު ފޮނުވި ކަރަންޓް ބިލްގައި ބިލްކޮށްފައި ވަނީ، ފެބުރުއަރީ 25 އިން މާރިޗު 24އަށް ބޭނުންކޮށްފައިވާ ކަރަންޓް ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންވެ ޑިސްކައުންޓް ދިން ކަރަންޓް ބިލްގައި ހިމެނިފައި ވަނީ ރަމަޟާން މަހުގެ 13 ދުވަހެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު --

ރަމަޟާން މަހު ބިލްތައް ބޮޑުވުމަށް ލުޔެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން، ވަނީ އާއްމުންނަށާއި، ކުންފުނިތަކަށް އޮޅުން އަރާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަމަޟާން މަހުގައި ބޭނުން ކުރާ ކަރަންޓަށް ޑިސްކައުންޓް ދިނުމުގެ ވާހަކަފުޅު ކަމުގައި ވީނަމަވެސް، ކުންފުނިތަކުން ޑިސްކައުންޓް ހިމަނާފައި ވަނީ ރަމަޟާން މަހުގެ ކުރީގެ މަހު ބޭނުން ކުރެވުނު ކަރަންޓް ބިލަށެވެ. އެހެންވެ ރަމަޟާން މަސް ނިމިގެން ލިބުނު ކަރަންޓްބިލް އާދަޔާއި ޚިލާފަށް ބޮޑުވުމުގެ ޝަކުވާ އާއްމުން ގެންދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ކަރަންޓް ބިލްތަކާއި މެދު އާއްމުންގެ މެދުގައި އޮތް ކަންބޮޑުވުމަށް ލުޔެއް ދެވޭނެ ގޮތަކާއި ގުޅޭ ގޮތުން ކަމާއި ގުޅޭ އިދާރާތަކާއި އެކުި ސަރުކާރުން މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ސަރުކާރުން މިހާރު ވަކިގޮތެއް ނިންމާފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ.

ކޮމެންޓް
ރައްޒާޤް
މިއީ އަޖައިބެއް އަހަރެމެން ގޭބިލުން ކެޑީ 148 ރުފިޔާ އަދި އެހެންމަސްތަކަށްވުރެ ބިލް ބޮޑު
28 Apr 2024
އެޑަމް
އަހަރެމެންގޭ ބޮލު އެތައް ގުނައެއް ބޮޑު. މަދުކުރި ގޭގޭގެ ބައި، އެހެން ގޭގެއިން ނަގައިގެންތަ ބެލޭންސު ކުރީ؟
28 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.