ފެނަކަ
ފެނަކަ
25 Dec 2023
ޚަބަރު
ބ. ދޮންފަނުގައި ދިމާވަމުން އައި ކަރަންޓްގެ މައްސަލަތައް ޙައްލުކޮށްފި
ފެނަކައިން ބުނީ، ބ. ދޮންފަނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން އައު ޖަނަރޭޓަރެއް ބަހައްޓައި މިހާރު ކަރަންޓްދޭން ފަށާފައިވާ ކަމަށެވެ. މިގޮތުން ބ. ދޮންފަނުގައި އަލަށް ބަހައްޓާފައި ވަނީ، 250 ކޭވީގެ ޖަނަރޭޓަރެއް ކަމުގައި ފެނަކައިން ވަނީ ބުނެފައެވެ.
16 Dec 2023
ޚަބަރު
ފެން ހުސްވެ ފެނަކައިން ޅ. ނައިފަރުގައި ދޭ ފެނުގެ ޚިދުމަތް މެދު ކެނޑިއްޖެ
09 Dec 2023
ޚަބަރު
އައްޑޫގައި ފެނުގެ ޚިދުމަތް ދިނުމަށް ދިމާވި މައްސަަލަ ހައްލުކޮށްފި
ފެނަކައިން ބުނީ، ކުރިޔަށް އޮތްތަނުގައި އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދު ނުކެނޑި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ އިންތިޒާމްތަކެއްގެ ތެރެއިން ކުރާނެ ކަމުގެ ޔަޤީންކަން ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށްދޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އައްޑޫ ސިޓީގައި އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ޤާއިމްކުރުމަށް މަސައްކަތް ކުރާނޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
08 Dec 2023
ޚަބަރު
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލުން މިރޭ ފެނުގެ ޚިދުމަތް ދެވޭނެ
އެކުންފުނިން ބުނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޙިދުމަތްދޭ އާރް.އޯ ޕްލާންޓްއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވީ.އެފް.ޑީ ހިތަދޫއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. މި ވީ.އެފް.ޑީ އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނީ މިރޭ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
07 Dec 2023
ޚަބަރު
މާލެ ފެނަށް ޖެހުނު ހާދިސާއަށް 9 އަހަރު، މިއަދު އައްޑޫ ސިޓީ އޮތީ ފެނަށްޖެހިފައި
06 Dec 2023
ފެނަކަ
ނިންމާފައިވަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރަން: ފެނަކަ
ފެނަކަ ކުންފުނީގެ އައު މެނޭޖްމަންޓުން އެކުންފުނީގެ ގިނައަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށްބުނެ ސިޔާސީ ފަރާތްތަކުންނާއި މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެކުންފުނީގެ ދާއިމީ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާ ކަމަށާއި، ކުންފުނީގެ އައު މެނޭޖްމަންޓުން ނިންމާފައި ވަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން، ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ މުވައްޒަފުން ދޫކޮށްލުމަށް ކަމަށެވެ.
28 Nov 2023
ޚަބަރު
ފެނަކަ އެމްޑީއަކަށް ކުރީގެ މެމްބަރު މުޢާޒް
މުއާޒަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޑަވެލި ދާއިރާގެ މެމްބަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.  މުޢާޒް ފެނަކަ ކޯޕަރޭޝަނާއި ހަވާލުވެވަޑައިގެންނެވި އިރު، އެކުންފުނި އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައެވެ.
25 Oct 2023
ޚަބަރު
އޭސީސީން ހޯދުމަށް އަންގާފައިވާ ފައިސާއަކީ، 2017ގެ ކުރީގެ މައްސަލަތަކުގެ ފައިސާ: ފެނަކަ
ފެނަކަ ކޯޕަރޭޝަނުން އެކަމާއި ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އޭސީސީގެ ބަޔާނުގައި ނުހިމަނައި ދޫކޮށްލާފައިވާ ބައެއްކަންކަން ސާފުކޮށްދީފައެވެ. މިގޮތުން އޭސީސީން ބަލަމުންދާކަމަށް ބުނާ 75 މައްސަލަ އަކީ، 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދުގެ މައްސަލަތައް ކަމަށާއި، އަނބުރާ ހޯދުމަށް އަންގާފައިވާ، 20 މިލިޔަން ރުފިޔާއަކީވެސް އެމުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލިފައި ހުރި ފައިސާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
16 Aug 2023
ޚަބަރު
ލ. މާވަށުގައި އައިސްޕްލާންޓަކާއި ކޯލްޓް ސްޓޯރޭޖެއް ޤާއިމްކުރުމަށް ފެނަކައާއި ހަވާލުކޮށްފި
ލ. މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
13 Aug 2023
ޚަބަރު
ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލްއެއް އަޅައިފި
ރާއްޖެގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލެއް އަޅައިފިއެވެ. މި އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ފެންވަރަށް ޤާއިމްކޮށްފައިވާ އިންޖީނުގެއެއް ކަމަށް ފެނަކައިން ބުނެއެވެ. އަދި މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫޕްކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެކެވެ.