Advertisement

ހާދިސާ ހިނގި ސަރަހައްދު ފެންނަ ފޮޓޯއެއް

23 Jul 2024
ޚަބަރު

އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މަރުވި މީހާގެ މައްސަލައިގައި ފެނަކަ ޖޫރިމަނާކޮށްފި

މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުޑަ ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި 18 އަހަރުގެ ޒުވާނަކު މަރުވުމުގެ ހާދިސާއާ ގުޅިގެން، ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތުމުން އެ ކުންފުނިން 50،000ރ. އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ، އެ ރަށުގެ ކުޑަކުދިންގެ ޕާކު ކައިރީގައި ފެންގަނޑެއްގައި ކުޅެން އުޅުނު 8 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކު، އެތާހުރި މަގުބައްތިއަކުން ކަރަންޓުގައި ޖެހިގެނެވެ. މި ހާދިސާގައި ނިޔާވީ އެ ކުދިން ސަލާމަތް ކުރަން ދިޔަ 18 އަހަރުގެ ޒުވާނާއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގި ގޮތް ބެލިއިރު، ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރުކޮށްފައި ނުވާތީކަން ކަމަށެވެ.

އެ އޮތޯރިޓީއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން، ފެނަކަ ޖޫރިމަނާކުރީ އެ ކުންފުނިން މިކަމަށް އިހުމާލުވެފައިވާކަން ސާބިތުވެގެނެވެ. ޖޫރިމަނާގެ 50،000ރ. ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން މިފަދަ އިތުރު ހާދިސާތަކެއް ހިނގައިދިޔަ ނުދިނުމަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފައެވެ. އަދި މި މުއްދަތުގައި ހަރު ނުކުރެވިއްޖެނަމަ، އެ ހިދުމަތް މެދުކަނޑާލުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

ކޮމެންޓް
އަހުމަދު
މިހާރުވެސް ގއ.ގެ ގިނަރަށްތަކުގެ މަގުބަތި ތަކުގައި ނުހުރޭ އީއެލްސީބީ ޔާ އެމްސީބީއެށް ހާސަކޮން ދާންދޫ ގައި
23 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.