Advertisement

އައްޑޫ ސިޓީ ފެނަކަ ޝޯރޫމް --

07 Dec 2023
ޚަބަރު
ނޫން

މާލެ ފެނަށް ޖެހުނު ހާދިސާއަށް 9 އަހަރު، މިއަދު އައްޑޫ ސިޓީ އޮތީ ފެނަށްޖެހިފައި

މާލެ ސިޓީން ފެންކެނޑި މާލެ ފެނަށް ޖެހުނުތާ 9 އަހަރު ފުރުނު އިރު މިއަދު އައްޑޫ ސިޓީގެ ގުޅިފައި ރަށްތަކުން ފެން ކެނޑި އާއްމު ރައްޔިތުން ފެނަށް ޖެހިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދު ކެނޑިފައި ވަނީ މިއަދު މެންދުރުން ފެށިގެންނެވެ. އަދި އަލުން ފެނުގެ ޚިދުމަތް ލިބޭނޭ އިރެއް ނޭނގޭ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި ފެނުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެސިޓީގައި، ކަރަންޓްގެ ޚިދުމަތްވެސް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުންނެވެ. ފެނުގެ ޚިދުމަތް މެދުކެނޑުނު ހާދިސާއާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަނުން އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފެނުގެ ޚިދުމަތް މެދުކެނޑިގެން އުޅެނީ ފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޕަމްޕްތަކަށް ދިމާވެގެން އުޅޭ މައްސަލައަކުންނެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރު 04 ވަނަ ދުވަހު މުޅި މާލެއިން ފެންކެނޑުމާއި އެކު އާއްމުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވިއެވެ. އަދި އިިންޑިއާ، ޗައިނާ ސަރުކާރުން އެޤައުމުތަކުގެ އަސްކަރީ މަތިންދާ ބޯޓު ފަހަރުގައި މާލެއަށް އެފަހަރު ފެން ގެނެސްދިނެވެ. މާލޭގެ ފެނުގެ މައްސަލަ ހައްލުވާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.