އައްޑޫ ސިޓީ
އައްޑޫ ސިޓީ
19 Feb 2024
ޚަބަރު
އައްޑޫ ބްރިޖަކީ އެޅިދާނެ ބުރިޖެއްތޯ ބެލުމުގެ ގޮތުން ކުރާ ދިރާސާކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
އައްޑޫ ސިޓީއަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މިއެއްބަސްވުމުގައި ސޮއެކުރެއްވީ ސަރުކާރުގެ ފަރާތުން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. މިސްރުގެ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރައްވީ، އެކުންފުނީގެ ބޯޑު މެމްބަރު ހެބާއެވެ.
18 Feb 2024
ޚަބަރު
އައްޑޫ ސިޓީގެ އިޤުތިޞާދީ ކަންކަމަށް އިސްކަންދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ވަޢުދުތައް އަލުން ތަކުރާރުކުރައްވައި އެކަންކަން ކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައި ކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު ވިދާޅުވިއެވެ.
03 Feb 2024
ޚަބަރު
ރޮޒައިނާއަށް އެމްޑީޕީ ޓިކެޓު ކަށަވަރެއް ނުވި
ވިހި ވަނަ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލުކުރާނެ ކެނޑިޑޭޓުން ހޮވުމަށް، އެ ޕާޓީއިން މިއަދު ބޭއްވި ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
21 Jan 2024
ކުޅިވަރު
އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމްގެ އާބާތުރަ ފިލުވައި، ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތައް އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އައްޑޫ ސިޓީއަށް ކުރެއްވެވި ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.
05 Jan 2024
ޚަބަރު
އައްޑޫ ބުރިޖުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އެމަނިފާނު އަރިހުގައި ދަންނަވައިގެން ކުރަން ރޭވިފައި ހުރިކަންކަން ކަމަށެވެ. މިގޮތުން އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫއާ މީދު އައްޑޫ ސިޓީގެ އެހެން ރަށްތަކާއި ގުޅައިލުމަށް އަޅުއްވާނޭ ކަމުގައި ވަޢުދުވެ ވަޑައިގެންނެވި ބުރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
30 Dec 2023
ޚަބަރު
ނައީޝް ގެއްލުނުތާ 10 ދުވަސް: ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާ
އެމްއެންޑީއެފުން ވިދާޅުވީ، ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ސިފައިން ކުރަމުންދާ ކަމަށާއި އެމަސައްކަތް މުޅިން ހުއްޓާނުލާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ޒުވާނާގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.
24 Dec 2023
ރިޕޯޓް
އައްޑޫއިން ގެއްލުނު ޒުވާނާ ހޯދުމަށް ޑޯނިއަރ ފްލައިޓް ބޭނުން ނުކުރާ ސަބަބާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކޮމެންޓެއް ނެތް
ނައީޝް ގެއްލުނުތާ މިއަދަށް 3 ދުވަސްވެފައި ވާއިރު އެމްއެންޑީއެފުން މިހާތަނަށް ކުރި މަސައްކަތުން އެޒުވާނާ ފެނިފައެއް ނުވެއެވެ. ނައީޝް ހޯދުމުގެ މަސައްކަތުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއަރ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރުތައް ބޭނުން ނުކުރާ ސަބަބަކީ، ކޮބައިތޯ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށެވެ.
23 Dec 2023
ޚަބަރު
ޑައިވްކޮށްގެންނާއި ވައިގެ މަގުންވެސް ބަލައިފި، ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
އެމްއެންޑީއެފުން ބުނީ، މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުން ވަނީ މިއަދު އެ ސަރަަހައްދުގައި ހަރަކާތްތެރިވެފައި ކަމަށެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ފްލައިން ސްކޫލުގެ ކުޑަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެމަގުން އެސަރަހައްދު ވަނީ ބަލާފައެވެ.
07 Dec 2023
ޚަބަރު
މާލެ ފެނަށް ޖެހުނު ހާދިސާއަށް 9 އަހަރު، މިއަދު އައްޑޫ ސިޓީ އޮތީ ފެނަށްޖެހިފައި
03 Dec 2023
ޚަބަރު
އައްޑޫ ސިޓީގައި އިތުރު މާރާމާރީއެއް ހިނގައި 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލައިފި
އައްޑޫ ސިޓީ ހިތަދޫގައި، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ވެސް ވަނީ ދެގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި، ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ޒަޚަމްކޮށްލާފައިވާ ޒުވާނާގެ ހާލު ސީރިޔަސްކަމުގައި ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ގުރޫޕް މާރާމާރީތައް އިތުރުވެގެން ދިޔުމާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އިތުރު ފުލުހުން ފޮނުވާފައިވާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
31 Oct 2023
ޚަބަރު
އައްޑޫއިން ގޯތި ލިބުނު މީހުންނަށް އަންނަ މަހު ބިން ހަވާލުކުރަނީ
އައްޑޫ ސިޓީއިން ދޫކުރާ ގޯތިތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އައްޑޫގެ 4 އަވަށުން ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
31 Oct 2023
ޚަބަރު
ދެރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.
28 Oct 2023
ވިޔަފާރި
އައްޑޫ ސިޓީގައި 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހަވާލުކޮށްފި
އައްޑޫސިޓީގައި 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި ތަން ތަރައްޤީކުރަނީ ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލަކާއެކުގައެވެ.
26 Oct 2023
ޚަބަރު
އައްޑޫ 200 ހައުސިން ޔުނިޓް އަޅާނެ ބިން ހަވާލުކޮށްފި
ސަރުކާރުން އައްޑޫ ސިޓީގައި ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓުގެ މަސައްކަތްކުރުމަށް ބޭނުންވާ ބިން މަސައްކަތުގެ ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ.
24 Oct 2023
ޚަބަރު
އިންތިޚާބީ ދާއިރާތަކާއި މެދު އެންމެ ގިނަ ޝަކުވާ ހުށައަޅާފައި ވަނީ އައްޑޫ ސިޓީން
އެެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ލިބިފައިވާ ޝަކުވާތަކާއި ޚިޔާލުތަކާއި މެދު، 2023 ނޮވެމްބަރު 5 ގެ ކުރިން އީސީ އިން ގޮތެއް ކަނޑައަޅައި، އަދި އެ ޝަކުވާއެއް ނުވަތަ ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން ސަބަބާއެކު އަންގާނެކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.
15 Oct 2023
ޚަބަރު
އެމްއެސްއެސްއިން ރާއްޖެއިން ބޭރުން އައްޑޫއަށް މުދާ ގެނެވޭނެ މަގުފަހިކޮށްދީފި
ރާއްޖެއިން ބޭރުން އައްޑޫ ސިޓީއަށް މުދާ ގެނައުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސް އިން ގަނެފައިވާ ކޮންޓެއިނަރ އުފުލާ ބޯޓު، މުދަލާއި އެކު އައްޑޫއަށް ބަނދަރުކޮށްފިއެވެ.