Advertisement

-

17 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އޭއީއެޗްގެ ސީއީއޯއަކަށް ޑރ. ޔާސިރު ހަމަޖައްސަވައިފި

އަތޮޅު ތެރޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްގެ ސީއީއޯގެ މަޤާމަށް ޑރ. އިބްރާހީމް ޔާސިރު އަޙްމަދު ހަމަޖައްސަވައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މަޤާމަސް ސަރުކާރުން ޑރ. ޔާސިރު ޢަައްޔަނުކުރައްވާފައި ވަނީ މިމާރިޗު މަހުގެ 4 ވަނަ ދުވަހުގައި ނަމަވެސް ޑރ. ޔާސިރަށް މަރްޙަބާ ދަންނަވައި އެކަން އޭއީއެޗްއިން އިޢުލާނު ކުރައްވާފައި ވަނީ މިއަދުއެވެ.

އޭއީއެޗްގެ ސީއީއޯގެ މަޤާމުގައި ނިމިދިޔަ ދައުރުގައި ހުންނެވީ، ޑރ. މުޙައްމަދު ޞާލިޙެވެ.

ޑރ، ޔާސިރަކީ ސަރުކާރުގެ މައި ހޮސްޕިޓަލްގައިވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެވެ. އަދި ކޯވިޑް-19ގެ ޢާލަމީ ވަބާގެ ތެރޭގައި މީހުން ހޭލުންތެރި ކުރުމަށް ސިއްޙީ ދާއިރާއިން ކުރެއްވި މަސައްކަތްތަކުގައިވެސް ޑރ. ޔާސިރު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.