ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ
14 Mar 2024
ޚަބަރު
ބިހުގެ ތޮށީގައި ނަޖިސް އުނގުޅިފައި ހުންނަ ބިސް ބޭނުން ކުރުން ރަނގަޅެއް ނޫން - އެމްއެފްޑީއޭ
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ބިސް ދޮވެގެން ބޭނުން ކުރުމަކީވެސް އެންމެ ރައްކާތެރި ގޮތް ނޫންކަމަށާއި، ބިސް ދޮވުމުގެ ސަބަބުން ބިހުގެ ތެރެއަށް ޖަރާސީމާއި ކެމިކަލް ވާޞިލްވުމަށް މަގުފަހި ވެގެންދާ ކަމަށެވެ.
28 Feb 2024
ޚަބަރު
ފާނަބަސަންދު ފެތުރެނީ، ސަމާލުވޭ!
މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އަދި ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ އެއްޗެއް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
22 Feb 2024
ޚަބަރު
ހަތަރު ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް މިއަދު ފަށައިފި
ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
14 Feb 2024
ޚަބަރު
ކެންސަރު ހޮސްޕިޓަލް އަޅަން ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަނީ
ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފިއެވެ. ކެންސަރު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ފުރަގަހުން އޮންނަ ބިމުގައެވެ.
23 Jan 2024
ޚަބަރު
ގއ. އަތޮޅުން ތިން ކުޑަކުއްޖަކަށް ހޯއްގޮވާ ކެއްސުން ޖެހިއްޖެ
މިގޮތުން އައިޖީއެމްއެޗާއި ގއ.އަތޮޅު ހޮސްޕިޓަލް ގުޅިގެން ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލައިގެން މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މިގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި، މިގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ދިނުމާއި، ބަލީގެ އަލާމާތްތައް ހުރި މީހުން ބައްޔަށް ޓެސްޓްކުރުމާއި، ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ބޭސްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
17 Jan 2024
ޚަބަރު
ރާއްޖެއިން ހެޕަޓައިޓިސް ބީ ނައްތާލެވިއްޖެކަމަށް ކަނޑައަޅައިފި
ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
17 Jan 2024
ޚަބަރު
ޚިދުމަތުން ވަކިވެފައިވާ ސިއްޙީ ދާއިރާގެ މުވައްޒަފުން އަނބުރާ ދާއިރާއަށް ނެރުމުގެ ސިޔާސަތު އިފްތިތާހްކޮށްފި
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެވެ. އަދި މިއީ ހަފްތާ 14ގައި ޙާސިލްކުރުމަށް އަމާޒު ހިފާފައިވާ ލަނޑުދަނޑިއެކެވެ.
15 Jan 2024
ޚަބަރު
ރާއްޖޭގައި އިންފްލޫއެންޒާ ފެތުރެނީ، ސަމާލުވޭ!
ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
04 Jan 2024
ޚަބަރު
ފައިލޭރިއަށް ޓެސްޓު ކުރުމުގެ ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ
ފައިލޭރިއާ ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ. މި ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
03 Jan 2024
ޚަބަރު
މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފި
ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
01 Jan 2024
ޚަބަރު
ބޯންމެރޯ ހެދުމަށް އިތުރު ދެކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފި
މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، އަދި އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންކަމަށެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހުސްވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުވެސް ސަރުކާރުން ވަނީ އެއްކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
01 Jan 2024
ޚަބަރު
އާސަންދަ ސްކީމްގެ ދަށުން މިއަދުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ލިބޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި މިޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.
31 Dec 2023
ޚަބަރު
ކޮލެޓީ ބޭސް ގެނައުމަށް ބޭސް އެތެރެކުރުމުގެ އުސޫލު ބަދަލުކުރަނީ
ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކޮށް، ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލިޓީއަކީ އެކަމަކާ މެދު ޢާއްމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮންނަ ކަމެކެވެ
24 Dec 2023
ޚަބަރު
ދުނިޔޭގައި ކޯވިޑްގެ އައު ވޭރިއަންޓެއް ފެތުރެމުންދާތީ ދިވެހިން އެކަމަށް ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ
ފިނިމޫސުމާއި ދިމާކޮށް މިހާރު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން ދަނީ، ޖޭއެންވަންގެ ނަންދީފައިވާ ވޭރިއަންޓެކެވެ. ކައިރި އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާގައިވެސް ކޯވިޑް ފެތުރުން އިތުރުވެފައިވާކަމުގައި އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުންވެސް ވަނީ ހާމަކޮށްފައެވެ.
23 Dec 2023
ޚަބަރު
ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ފައިލޭރިއާއަށް އިތުރު މީހުން ޓެސްޓްކުރަން ތައްޔާރުވަނީ
އެޗްޕީއޭއިން ބުނީ، ހުކުރު ދުވަހު ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ، މައިގްރޭޓް ފެއާގައި ފައިލޭރިއާއަށް ޓެސްޓްކުރި 13 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. ހުޅުމާލެ އާއި މާލެ އަދި ވިލިމާލެއާ ތިލަފުށީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭއިން، ޓެސްޓް ކުރެވުނު 13 މީހުންގެ ތެރެއިން އެކަކު ޕޮސިޓިވްވުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.
21 Dec 2023
ޚަބަރު
ފައިލޭރިއާއަށް ޕޮޒިިޓިވް އިތުރު 6 މީހަކު ފެނިއްޖެ
ފައިލޭރިއާއަށް އިތުރު 6 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު ބަލި ޖެހުނު މީހުންގެ ޢަދަދު 25 އަށް ވަނީ އަރާފައެވެ.