Advertisement

ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް. ފޮޓޯ: ސޯޝަލް މީޑިއާ

04 Jan 2024
ޚަބަރު

ފައިލޭރިއަށް ޓެސްޓު ކުރުމުގެ ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ

ފައިލޭރިއާ ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ. މި ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތުގައި ފުރަތަމަ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޕީއިން ވިދާޅުވީ މިހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 70 ރެންޑަމް ސާމްޕަލް ޓެސްޓް ކުރުމަކީ އަމާޒެއްކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭގޮތަށް ކަމަށާއި ބައްޔަށް ސްކްރީން ކުރުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ.

ފައިލޭރިޔާއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމަށް ވުމުން އެފަދަ ބަލިތައް މަދުކުރުމުގެ ގޮތުން "މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ހަރަކާތެއްވެސް ވަނީ ފަށާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.