Advertisement

ދަރުމަވަންތަ ހޮސްޕިޓަލް. ފޮޓޯ: ސޯޝަލް މީޑިއާ

17 Jan 2024
ޚަބަރު

ރާއްޖެއިން ހެޕަޓައިޓިސް ބީ ނައްތާލެވިއްޖެކަމަށް ކަނޑައަޅައިފި

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ރާއްޖެ ބަލައިގަތީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ، ހެދި ސާވޭއަކާ ގުޅިގެން ކަމަށެވެ.

ސްކޫލްތަކުގައި ކިޔަވާ އުމުރުން 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓު އެ ސާވޭގައި ކުރިއިރު އެއްވެސް ކުއްޖެއްގެ ގައިން އިންފެކްޝަން ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީއަށް ސްކްރީން ކުރުމާއި ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ޕޮޒޮޓިވެފައިވާ އަންހެނުން ވިހާ ދަރިފުޅު ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ހެޕަޓައިޓިސް ބީއަކީ ވައިރަހެއްގެ ސަބަބުން ފުރަމޭގައި އުފެދޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ފުރަމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.