Advertisement

ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާކުރި ބޭސް ---

04 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އާއްމުކޮށް ރާއްޖޭގައި ކުޑަކުދިންނަށް ދެމުން އައި ރޯގާ ބޭހެއް މަނާކޮށްފި

ރޯގާއަށް ކުޑަކުދިންނަށް ދެމުން އަންނަ ރާއްޖޭގައި ވަަރަށް އާއްމު ބޭހެއް ކަމުގައިވާ އަލެގްރާ ސަސްޕެންޝަން، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، އަލެގްރާ 30މިލިގްރާމްގެ 5 އެމްއެލް ފުޅީގެ ތިން ބެޗަކުން، ކޮލިޓީގެ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެބެޗްތަކުގެ ބޭސް ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމުގައި އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ.

މަނާކޮށްފައި ވަނީ، AL1223019, AL1223029  AL1223060 މި ތިން ބެޗުގައި އުފައްދާފައިވާ ބޭހެވެ. މިބެހަކީ އިންޑިއާގެ ކުންފުުންޏެއް ކަމުގައިވާ ސަނޯފީ އިންޑިއާ ލިމިޓެޑްއިން އުފައްދަމުން އަންނަ ބޭހެކެވެ.

އެމްއެފްޑީއޭއިން ވަނީ މިބެޗުތަކުގެ ފުޅިތައް، ފާމަސީތަކާއި، ބޭސްގުދަން ނުވަތަ ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެ އޮތޯރިޓީއަށް އެންގުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.