Advertisement

ކުކުޅު ބިސްތަކެއް --

14 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބިހުގެ ތޮށީގައި ނަޖިސް އުނގުޅިފައި ހުންނަ ބިސް ބޭނުން ކުރުން ރަނގަޅެއް ނޫން - އެމްއެފްޑީއޭ

ބިސްވިއްކުމާއި ގެންގުޅުމާއި އަދި ރައްކާކުރުމުގައި އަމަލު ކުރެވޭ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެންދާތީ، ބިހުގެ ބޭރު ތޮށީގައި ނަޖިސް ހަރުލާފައި ނުވަތަ ހަޑިވެފައި ހުންނަ ބިސް ނުގަތުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެދިއްޖެއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ބިސް ދޮވެގެން ބޭނުން ކުރުމަކީވެސް އެންމެ ރައްކާތެރި ގޮތް ނޫންކަމަށާއި، ބިސް ދޮވުމުގެ ސަބަބުން ބިހުގެ ތެރެއަށް ޖަރާސީމާއި ކެމިކަލް ވާޞިލްވުމަށް މަގުފަހި ވެގެންދާ ކަމަށެވެ.

އެހެންވެ ބިސް ގަތުމާއި ބޭނުން ކުރުމާއި ރައްކާކޮށް ބެހެއްޓުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް އެމްއެފްޑީއޭގެ ނޫސް ބަޔާނުގައި ވަނީ ހިމަނާފައެވެ.

މިގޮތުން؛

- ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން.

- ފިނިކޮށް (އައިސް އަލަމާރީގައި) ބަހައްޓާފައި ހުންނަ ބިސްގަތުމަށް އިސްކަންދިނުން.

- ބިހުގެ މުއްދަތު ހަމަވާ ތާރީޚް ބެލުން. އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން.

- ރެނދުލާފައި ހުންނަ ބިސް ނުގަތުން.

- ބިސް ދޮވެގެން ބޭނުން ނުކުރުން.

- ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިސް ނުގަތުން.

- އެހެން ކާބޯތަކެއްޗާއި ތަޣައްޔަރު ނުވާނެހެން އައިސް އަލަމާރީގައި ބިސް ރައްކާކުރުން.

- ރޯ ނުފިލުވައި ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމާއި އަދި އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި 02 ގަޑިއިރަށް ވުރެ ގިނަ އިރު ނުބެހެއްޓުން.

އެމްއެފްޑީއޭއިން މި އިރުޝާދުތައް ދިން އިރު މާލެ ސަރަހައްދުގެ ބައެއް ސުޕަރމާޓުތަކުގައި ވިއްކާ ކުކުޅުބިހުގައި ނަޖިސް ހޭކި ބޭރު ތޮށިގަނޑު ވަަރަށް ބޮޑަށް ހަޑިވެފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.