ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ފެށޭ ހަފްތާގައި ހަތަރުކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވަނީ
ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަކޮށް ހޮސްޕިޓަލެއް ޤާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިންއާއި އެހެނިހެން އެޑްމިނިސްޓްރޭޓިވްގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ވަނީ ފަށާފައި ކަމުގައިވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.