Advertisement

މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް -- ފޮޓޯ: ހެލްތު މިނިސްޓްރީ --

03 Dec 2023
ޚަބަރު
ނޫން

"ކްލައިމެޓް-ހެލްތު މިނިސްޓީރިއަލް" ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ކޮޕް-28 ސަމިޓްގެ ތެރެއިން މިއަދު ބޭއްވި "ކްލައިމެޓް-ހެލްތު މިނިސްޓީރިއަލް" ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގެންފިއެވެ.

މިއީ، ޞިއްޙަތާ ގުޅޭ ގޮތުން ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް ބައްދަލުވުމެއްގައި ބާއްވާ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމެވެ.

މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރެވި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާތައް ކުރެވިގެންދާނެއެވެ.

އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރެވޭ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، މިކަމާގުޅޭ ގޮތުން ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުން އެއްބަސްވެ ވަޑައިގަންނަވާ "ޑެކްލަރޭޝަން އޮން ކްލައިމެޓް އެންޑް ހެލްތު" ގެ ނަމުގައި ގަރާރެއް ފާސްކުރެވިގެންދާނެއެވެ. 

މީގެއިތުރުން، މި ބައްދަލުވުމުގެ ތެރެއިން "ކޮޕް28 ޔޫތު ކްލައިމެޓް ޗެމްޕިއަން" އަދި "ވެލްމަކް ޓްރަސްޓު" ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ އިވެންޓުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވާނެކަމުގައިވެސް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، މިބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރާއްވަވާފައި ކަމަށެވެ. އަދި މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.