Advertisement

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާގެ ޖެހިފައިވާ 17 ބިދޭސީން ފެނިއްޖެ

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާ ޖެހިފައިވާ 17 ބިދޭސީން ހދ ކުޅުދުއްފުށިން ފެނިއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ފައިލޭރިއާ ޖެހިފައިވާ މީހުން ފެނިފައި ވަނީ، މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހު، ކުޅުދުއްފުށީގައި ހިންގި ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިންނެވެ. މީގެ އިތުރުން އެމިނިސްޓްރީން ވިދާޅުވީ ޓެސްޓްތަކުން ބައްޔަށް ޕޮސިޓިވްވި މީހުންގެ އިތުރު ޓެސްޓްތައް ހެދުމާއި، ފަރުވާ ދިނުމުގެ ކަންކަން އިންތިޒާމް ކުރެވެމުންދާ ކަމަށެވެ. 

ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންނަކީ، އެބަލި އުޅޭ ސަރަހައްދުތަކަށް ދަތުރުކޮށް ރާއްޖެއަށް އައިސްފައިވާ ބައެއް ކަމުގައިވެސް ހެލްތު މިނިސްޓްރީން ހަމަކޮށްފައިވެއެވެ. 

ފައިލޭރިއާއަކީ ކިއުލެކްސް ނަމަކަށް ކިޔާ މަދިރިއެއްގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. 

ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާގެ ބަލި މީހަކު ފެނުނީ 2004 ވަނަ އަހަރުގައެވެ. އަދި 2016 ވަނަ އަހަރު ޑަބްލިޔުއެޗްއޯއިިން ރާއްޖެއަކީ ފައިލޭރިއާ މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.