Advertisement

ފޮޓޯ: ހެލްތް މިނިސްޓްރީ

03 Jan 2024
ޚަބަރު

މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފި

ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ފެށުމުގެ ގޮތުން ހެލްތް މިނިސްޓްރީއާއި ދަރުމަވަންތައް ހޮސްޕިޓަލާ ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޑރ.ޢަބްދުﷲ ޚަލީލެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމެވެ.

މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ސީއެންބިއުލާންސްގެ ރަމްޒީ ތަޅުދަނޑި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯއާ ހަވާލުކޮށްދެއްވާފައެވެ.

ސީއެންބިއުލާންސް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޑރ.ޢަބްދުﷲ ޚާލީލް ވިދާޅުވީ، މާލެއާއި ވިލިމާލެއާ ދެމެދު ބޭނުންކުރާ ސީ އެންމެބިއުލާންސްއަކީ ރާއްޖޭގައި ބޭނުންކުރާ އެހެން ސީއެންބިއުލާންސްތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އެންބިއުލާންސްއެއް ކަމަށެވެ. އަދި އެންބިއުލާންސްގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި އިތުރު ވަޞީލަތްތައް ހަރުކުރަންޖެހިއްޖެނަމަ އެ ވަޞީލަތްތައްވެސް ހަރުކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވިލިމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރަށް ޚިދުމަތްދޭ ހޮސްޕިޓަލެކެވެ. މިވަގުތު އެ ހޮސްޕިޓަލުގައި ޚިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ޚާއްޞަ 3 ކޮޓަރިއާއެކުއެވެ. ޚާއްޞަ ބަލިތަކުގެ ޚިދުމަތް ދެނީ އައި.ޖީ.އެމް.އެޗްގެ ސްޕެޝަލިސްޓުން އެ ހޮސްޕިޓަލަށް ގޮސްގޮސްގެންނެވެ. ކުއްލި ފަރުވާ ދޭންޖެހޭ ޙާލަތެއްގައި ޚިދުމަތް ދިނުމަށް ބަލިމީހާ ފޮނުވަނީ އައި.ޖީ.އެމް.އެޗަށެވެ. 

  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.