Advertisement

ކޯވިޑް 19ގެ ދުވަސްވަރު ޓެސްޓް ސާމްޕަލް ނެގުން --- ފައިލްފޮޓޯ

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދުނިޔޭގައި ކޯވިޑްގެ އައު ވޭރިއަންޓެއް ފެތުރެމުންދާތީ ދިވެހިން އެކަމަށް ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

ދުނިޔޭގެ އެކި ޤައުމުތަކުގެ ކޯވިޑް-19ގެ އައު ވޭރިއަންޓެއް ފެތުރެމުންދާތީ، އެކަމަށް ދިވެހިން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ފިނިމޫސުމާއި ދިމާކޮށް މިހާރު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން ދަނީ، ޖޭއެންވަންގެ ނަންދީފައިވާ ވޭރިއަންޓެކެވެ. ކައިރި އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާގައިވެސް ކޯވިޑް ފެތުރުން އިތުރުވެފައިވާކަމުގައި އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުންވެސް ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގައި ކޯވިޑްގެ އައު ވޭރިއަންޓެއް ފެތުރެމުން ދިޔުމާއިއެކު އާއްމުން އެކަމަށް ސަމާލުކަން ދިނުމަށް އެޗްޕީޢޭއިން އިލްތިމާސްކޮށްފައި ވަނީ، މިދުވަސްވަރަކީ ޓަރމް ބްރޭކް ޗުއްޓީއަށް ވުމާއި އެކު، ދިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރާނެތީއެވެ. މީގެ އިތުރުން މިބަންދުގެ ތެރޭގައި އުމުރާގެ އަޅުކަމަށްވެސް ގިނަބަޔަކު ގޮސް އެނބުރި އަންނާނެތީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އަރިދަފުސް ރޯގާ، ވައިރަލް ހުން، އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވެގެންދާނެކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ.

ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަަވަޅުތައް އެޅުމަށް ތައްޔާރުވުމަށް އިލްތިމާސްކުރުމުގެ އިތުރުން، އެޗްޕީއޭއިން ވަނީ، މަދިރި އުފެދޭތަންތަން ނައްތާލުމަށާއި، ކާބޯތަކެތީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.