Advertisement

07 Sep 2023
ޚަބަރު

އިތުރު 11 ރަށަކަށް ސަރުކާރުން އެމްބިއުލާންސް ފޯރުކޮށްދީފި

ރާއްޖޭގެ އިތުރު 11 ރަށަކަށް ހެލްތް މިނިސްޓްރީން އެމްބިއުލާންސް ފޯރުކޮށްދީފިއެވެ.

ސިއްހީ ނިޒާމު ފުޅާކޮށް ރާއްޖޭގެ އެކި ރަށްރަށައް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގިނަ ރަށްރަށަކަށް ވަނީ އެމްބިއުލާންސް ފޯރުކޮށްދީފައެވެ.

11 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، މިހާތަނަށް ސަރުކާރުން ރާއްޖޭގެ 133 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެއްވާފައިވާކަމަށެވެ. މިއީ މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ ޢަދަދަކަށް ރަށްރަށަށް އެމްބިއުލާންސް ފޮނުވި ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

“މިއަދު އަޅުގަނޑުމެން މި ފުރުވާލާނީ 11 ރަށަކަށް 11 އެންބިއުލާންސް. މިއަދުގެ ސަރުކާރުން ރާއްޖޭގެ 133 ރަށަކަށް އައު އެންބިއުލާންސް ވާނީ ފޯރުކޮށްދީފައި. އަދި މިމަހުގެ 10 ވާ ހުކުރު ދުވަހު އިތުރު 9 އެންބިއުލާންސް ރާއްޖެ ވަންނާނެ. އެ އެންބިއުލާންސްތައްވެސް ރާއްޖެ އައިހާ އަވަހަކަށް ކްލިއަރ ކޮށްފައި ބާކީހުރި ރަށްތަކަށް ފޮނުވާލަ ދޭނަން." އަޙްމަދު އާދިލް ވިދާޅުވިއެވެ.

އެމްބިއުލާންސް ފޮނުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. މުރައިދޫ، ހއ. ތަކަންދޫ، ނ. ޅޮހި، ނ. މަގޫދޫ، ރ. ރަސްގެތީމު، ބ. ގޮއިދޫ، ކ. ތުލުސްދޫ، ވ. ފެލިދޫ، ށ. ކަނޑިތީމު، ލ. ހިތަދޫ އަދި ހއ. އުތީމެވެ.

ހެލްތް މިނިސްޓްރީން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައިވަނީ އެސް.ޓީ.އޯއާއި ގުޅިގެންނެވެ. 20 އެމްބިއުލާންސް ގެނައުމަށް އެސް.ޓީ.އޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.