Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

31 Dec 2023
ޚަބަރު

ކޮލެޓީ ބޭސް ގެނައުމަށް ބޭސް އެތެރެކުރުމުގެ އުސޫލު ބަދަލުކުރަނީ

ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކޮށް، ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލިޓީއަކީ އެކަމަކާ މެދު ޢާއްމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮންނަ ކަމެކެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރާއިރު ބޭހުގައި ހިމެނޭ ބައިތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއަށް އެނގެންޖެހޭކަމަށެވެ. އެހެންނަމަވެސް ބޮޑެތި ވިޔަފާރި ކުންފުނިތަކުން އެކި ސަބަބުތަކާ ހެދި އެކުންފުނީގެ ބޭހުގެ ކޮންޓެންޓް ހާމަކުރަން ބޭނުންނުވާކަމަށެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ކޮލިޓީ ބޭސް އުފައްދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމާއި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި ޞިއްޙަތާއި ބެހޭ އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާކުރައްވައިގެން އެފަދަ ބޭސް ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމަށްޓަކައި ރާއްޖޭގައި ބޭސް އެތެރެކުރުމަށް އޮތް އުސޫލު ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. 

ހެލްތް މިނިސްޓްރީން ވަނީ ރާއްޖެއަށް ބޭސް އެތެރެކޮށް ބޭސް ރައްކާކުރާ ތަންތަނުގައި ހުންނަންޖެހޭ ސްޓޯރޭޖް ކޮލިޓީ ނުހުންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ރައްކާތެރިވެ ބޭސް ބަހައްޓަންޖެހޭ ފިނިހޫނުމިން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.