Advertisement

05 Sep 2023
ޚަބަރު

އެސްޓީއޯއާއި ގުޅިގެން ހެލްތް މިނިސްޓްރީން ރާއްޖެއަށް ޑްރޯން ޓެކްނޮލޮޖީ ތައާރަފްކޮށްފި

ހެލްތް މިނިސްޓްރީން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއާއި ގުޅިގެން ރާއްޖޭގައި މުޅިން އަލަށް ސިއްހީ ހިދުމަތް ދިނުމަށް ޑްރޯން ޓެކްނޮލޮޖީ ތައާރަފްކޮށްފިއެވެ. މި ޙިދުމަތް ތައާރަފްކޮށްފައިވަނީ "މޯލްޑިވްސް ހެލްތް ލައިން" ގެ ދަށުންނެވެ.  "މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހުކޮށްފައިވަނީ އިއްޔެ ހަވީޜު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަަރ އަޙްމަދު ނަސީމްއެވެ. 

އެސް.ޓީ.އޯއާއި ގުޅިގެން މުޅިން އަލަށް ރާއްޖޭގައި މި ތައާރަފްކުރެވުނު ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ޑްރޯން މެދުވެރިކޮށް ބަލިމީހުންގެ ސާމްޕަލްއާއި އެމަރޖެންސީ މެޑިސިން ފޮނުވުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މޯލްޑިވްސް ހެލްތް ލައިން މި ޕްރޮޖެކްގެ އަގަކީ 54.5 މިލިއަން ރުފިޔާއެވެ. އެގޮތުން މި ލޯންޗްތަކުގެ ޖުލްމަ އަގަކީ 50 މިލިއަން ރުފިޔާއެވެ. އަދި ޑްރޯންތަކުގެ އަގު 4.5 މިލިއަން ރުފިޔާއަށް އަރާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.  

"މޯލްޑިވްސް ހެލްތް ލައިން“ އަކީ ޞިއްޙީ ޚިދުމަތް ހޯދަން އެއް ރަށުން އަނެއްރަށަށް ރައްޔިތުން ކުރަމުން އައި ދަތުރު ހުއްޓުވުމަކަށް ގެންނާނެ މަޝްރޫއެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މޯލްޑިވްސް ހެލްޕް ލައިންގެ ދަށުން މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެއެވެ. މީގެތެރެއިން 7 އަތޮޅަކަށް މިހާރު ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފައެވެ. 

ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ލާމަރުކަޒީ ނިޒާމުން ކުރިއަށްގެންދެވޭ ނިޒާމަކަށް ހެއްދެވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި ތަޢާރަފްވެގެންދިޔަ "މޯލްޑިވްސް ހެލްތް ލައިން" އަކީ މިކަމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

"މޯލްޑިވްސް ހެލްތް ލައިން"ގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ޤަވައިދުން ރަށްރަށަށްގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގާނެއެވެ. މީގެ ސަބަބުން ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދަން އެއްރަށުން އަނެއްރަށަށް ދާންޖެހޭ ޖެހުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.