އަސާސީ ކާބޯތަކެތީގެ އަގު ހެޔޮކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވެއްޖެ
ހުރިހާ ސަރުކާރެއްގައިވެސް ޚާއްޞަކޮށް ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށް މުދާ އެތެރެކޮށް ފިޔަވަޅުތައް އަޅައެވެ. މިގޮތުން ޚާއްޞަ ގޮތެއްގައި ފިޔާ އަލުވި އަދި ބިހުގެ އަގުތައް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި އެބާވަތްތައް އެސްޓީއޯއިން އެތެރެކޮށް ހެޔޮއަގުގައި މާކެޓަށް ނެރެއެވެ.