Advertisement

އެސްޓީއޯ ފާމަސީ

22 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ޔޫރަޕް ކޮލެޓީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި

ޔޫރަޕްގެ ފެންވަރު ރަގަޅު ބޭސް ރާއްޖެ ގެނަސް، މިއަދުން ފެށިގެން ވިއްކަން ފަށައިފިއެވެ. ފުރަތަމަ ބުރުގައި ގެނަސްފައިވަނީ ހަތް ވައްތަރެއްގެ ބޭހެވެ.

މިކަމާއި ގުޅިގެން، ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އެސްޓީއޯ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމުގެ ގޮތުން، ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޔޫރަޕް ބޭހަށް ބަދަލުވުމުގެ ކަންތައްތައް ކުރިޔަށް ދާނީ ދެ މަރުހަލާއަކަށް ބަހާލެވިގެންނެވެ. އެގޮތުން ފުރަތަމ މަރުހަލާގައި އޮންނާނީ، އައު ބޭސްތަކަށް ޑޮކްޓަރުން އަހުލުވެރި ކުރުވުމެވެ. އަދި މި މަރުހަލާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންގޮސް، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު މި ބަދަލަށް އަމަލީ ސިފަ ގެނެވޭނެކަމަށް ފާހަގަ ކޮށްފައި ވެއެވެ.

މި މަސައްކަތުގެ ދެވަނަ މަރުހަލާގައި އޮންނާނީ އާސަންދައިން ކަނޑައަޅާފައިވާ އަސާސީ އަގަށް ބަދަލު ގެނައުމެވެ. އަދި އާސަންދައިގެ އަގުތަކަށް ބަދަލުގެނައުމަށްފަހު، ބޭހުގެ އަގު އާސަންދައިގެ އައު އަގަށް ވުރެން ބޮޑުވާނަމަ، އިތުރުވާބައި ދައްކަންޖެހޭނީ އެމީހެއްގެ ޖީބުންނެވެ.

ޔޫރަޕުން ގެނައި ފުރަތަމަ ޝިޕްމެންޓުގައި ހިމެނެނީ 7 ބޭހެކެވެ. އަދި އިތުރު 3 ބޭހެއް ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އޭގެ ފަހުން އިތުރު ބޭސްތައް ޕްރޮކިއު ކުރަން ފަށާނެއެވެ. އެއަށްފަހު، ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް މި ނިޒާމުގެ ތެރެއިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހާމަކޮށްފައިވެއެވެ.

ޔޫރަޕް ކޮލެޓީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަނީ، މިހާރު އަމިއްލަ ފަރާތްތަކުން އެ ބާވަތްތަކުގެ ބޭސް ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށެވެ.

ކޮމެންޓް
ޒ
ރައްޔިތުންނަށް އޯގާތެރި ވެރިއެއް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އަކީ.
22 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.