ސިއްޙަތު
22 Jul 2024
ޚަބަރު
ޔޫރަޕް ކޮލެޓީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި
މިކަމާއި ގުޅިގެން، ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އެސްޓީއޯ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމުގެ ގޮތުން، ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
22 Jul 2024
ޚަބަރު
ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޑރ. ނިޔާފު އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފި
ގިނަބައެއްގެ އިތުބާރު ލިބިފައިވާ، އަދި ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފު އޭޑީކޭ އިން ވަކިވެ ވަޑައިގެން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއާ (އައިޖީއެމްއެޗް) މިއަދު ގުޅިވަޑައިގެންފިއެވެ.
13 Jul 2024
ޚަބަރު
އިންޑިއާގައި ސިކުނޑިއަށް ޖެހޭ ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އެދިއްޖެ
“ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ނަމަކަށް ކިޔާ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާގެ ކެރެލާގައި ފެތުރެމުންދާތީ، އެ ކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނެފިއެވެ.
07 Jul 2024
ޚަބަރު
ނަފްސާނީ އެހީތެރިކަމަށް ބޭނުންވާކަމަށް ބެލެވޭ ކުއްޖަކު މެޑަމް ފަޒުނާގެ ސަމާލުކަމަށް
ނަފްސާނީ އެހީތެރިކަމަށް ބޭނުންވާކަމަށް ބެލެވޭ ކުއްޖަކު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން، ފަޒުނާ އަހުމަދުގެ ސަމާލުކަމަށް އައިސް، އެ ކުއްޖާއަށް އެހީތެރިވެދިނުމަށް ގޮވާލައްވައިފިއެވެ. ފަޒުނާ މިހެން ގޮވާލައްވާފައިވަނީ ސޯސަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގައެވެ.
26 Jun 2024
ސިއްޙަތު
ތިން އިންޗީގެ ދަތުރަށް ފަރުވާތެރިވުމަކީ ހަށިގަނޑު ބައްޓަން ކުރެވޭނެ އެންމެ ފަސޭހަ ގޮތް
ރަގަޅު ސިއްހަތެއްގައި ދެމި ތިބުމަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ. މި ޖުމްލައަށް ޒަމާނީ ބަދަލެއް ގެންނާނަމަ ބުނަންޖެހޭނީ، ލޫޅާފަތި، ބައްޓަން ރީތި އަންހެން ކުއްޖަކަށްވުމަކީ ކޮންމެ އަންހެން ކުއްޖަކު ވެސް ދެކޭ ހުވަފެނެއް ކަމަށެވެ. ފިރިހެނެއް ނަމަ، ބައިސެޕާއި ބަނޑުގެ މަސްތައް ރީތިކޮށް ބެހެއްޓުމަކީ ކާމިޔާބު ފިރިހެނަކަށް ވުމަށް މުހިންމު ޝަރުތެއްކަމަށެވެ. ފިޓްކޮށް ހުރުމަކީ މިހާރުގެ ފެޝަނެކޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.
14 Jun 2024
ޚަބަރު
ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރެވެމުން - ހެލްތު
އެމިނިސްޓްރީން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާއި ގުޅުވައިގެން އާއްމު ކުރި ބަޔާނުގައެވެ. އެމިނިސްޓްރީން ވިދާޅުވީ، ހދ. ކުޅުދުއްފުއްްޓާއި އަދި ރ. އުނގޫފާރުގައި މިއަހަރުގެ ތެރޭގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
05 Mar 2024
ޚަބަރު
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
02 Mar 2024
ޚަބަރު
އެއާ އެމްބިއުލެންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށިން މާލެއަށް
ބޯޓުގެ ފުރަތަމަ ދަތުރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރި ދަތުރެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ރޭ މެންދަމުން އަނބުރާ 3:40 ހާއިރުއެވެ.
14 Feb 2024
ޚަބަރު
ރަމަޟާން މަހުގެ ކުރިން މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރަނީ
ގްރޭޓަރ މާލެ ޞަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ.
28 Dec 2023
ޚަބަރު
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް އަޅާނެކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އަންނަ އަހަރު މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ.
19 Dec 2023
ޚަބަރު
ފައިލޭރިއާ ދެނެގަނެ، ކޮންޓްރޯލްކުރުމަށް ޙާއްސަ ޓާސްކް ފޯސްއެއް
ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައިވާތީ، އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅަކުރުމުގެ ގޮތުން ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސްކްރީން ކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
17 Dec 2023
ލައިފްސްޓައިލް
ބަރުދަން ލުއި ކުރުމަށް އެންމެ މޮޅީ ޑިޓޮކްސް ފެންތަ ނޫނީ އާންމުންކޮށް ގޭގައި ބޯން ބޭނުންކުރާ ފެންތަ؟
ފެން ބުއިމުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ސިއްހީ މާހިރުން ކަށަވަރުކޮށްދީފައިވާއިރު، ޑިޓޮކްސް ފެން ބުއިމަކީ މި ފައިދާތައް އިތުރުކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ބުނަމުންދާ ގޮތުގައި ޑިޓޮކްސް ފެން ބޭނުން ކުރުމުން، ހަށިގަނޑު ލުއިކޮށްދިނުން އިތުރުކޮށްދީ ހަށިގަނޑުގެ އެތެރޭގައި ހުންނަ ވިހަ މާއްދާތައްވެސް ބޭރުކޮށްދެއެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ކުޑަކޮށް ބަލާލަމާ ހިނގާށެވެ.
15 Dec 2023
ޚަބަރު
ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނިއްޖެ
ރާއްޖެއިން މީގެ އަހަރުތަކެއް ކުރިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ފެނިއްޖެއެވެ. މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.
15 Dec 2023
ޚަބަރު
ބޭސް ސިޓީގައި އޮންނަ ބްރޭންޑްގެ ބޭސް އެކަނި އާސަންދައިން ލިބޭގޮތް ހަދަނީ
ޑޮކްޓަރުން ލިޔެފައިދޭ ބޭސް ސިޓީގައި ބަޔާންކުރާ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހެއް އާސަންދައިން ނުލިބޭނެގޮތް ހަދަން އެކުންފުނިން ނިންމައިފިއެވެ.
05 Dec 2023
ލައިފްސްޓައިލް
އަނގައިން ނުބައި ވަސް ދުވާނަމަ އެކަން ހައްލުކުރާނީ ކިހިނެއް؟
ގިނަ މީހުންނަށް މިއީ އާންމު ކަމަކަށް ނުވިނަމަވެސް، އަބަދުހެން އަނގައިން ނުބައި ވަސްދުވާ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. މިކަމުގައި އޮތް އެންމެ ބޮޑު ލަދުވެތިކަމަކީ، ބައެއް މީހުންނަށް އެކަން އަމިއްލައަށް ދެނެނުގަނެވުމެވެ. ނޫންނަމަ، އެހެން މީހުން އެވާހަކަ ނުދައްކާތީ އެކަން އެހެން މީހުންނަށް ނޭންގޭނެކަމަށް ބަލައި، އެ މައްސަލައަށް ހައްލެއް ހޯދުމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުމެވެ.
04 Dec 2023
ޚަބަރު
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑަށް މެންބަރުން އައްޔަންކޮށްފި
މި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތައް ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ހަރުދަނާކުރަން އުފައްދާފައިވާ ބޯޑު ގެ ނަން، "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް" އިން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމަށް ބަދަލުކޮށްފައެވެ. އަދި އެ ބޯޑުވެސް މިހާރު ވަނީ އަލުން އެކުލަވާލާފައެވެ.