Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Dec 2023
ޚަބަރު

ފައިލޭރިއާ ދެނެގަނެ، ކޮންޓްރޯލްކުރުމަށް ޙާއްސަ ޓާސްކް ފޯސްއެއް

ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައިވާތީ، އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅަކުރުމުގެ ގޮތުން ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސްކްރީން ކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެޗްޕީއޭން ވިދާޅުވީ ފައިލޭރިއާ ފެތުރުން ހުއްޓުވުމަށާއި ބައްޔާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޓާސްކް ފޯސް އެކުލަވާލާފައިވަނީ މި ޕްރޮގްރާމްތައް ހިނގުމަށާއި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ ބައްޔަށް ހޭލތުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށި ހޮސްޕިޓަލުގެ ޓާސްކް ފޯހަށް މައުލޫމާތު ފޯރުކޮށްދިނުމާއި ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުން ހިމެނޭކަމަށެވެ. އަދި ބައްޔާ ބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ އިތުރުން، މާލޭ ސަރަހައްދުގެ އަދި އަތޮޅު ހޮސްޕިޓަލުތަކުގައި ސިއްހީ ޚިދުމަތްތެރިންނަށް މައުލޫމާތު ދިނުމާއި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މަރުކަޒެއްގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ސްކްރީން ކުރުމުގެ މަސައްކަތްވެސް ވީހާވެސް ގިނަ ސަރަހައްދުތަކެއްގައި ކުރިއަތް ގެންދިޔުމަށް މަސައްކަތްކުރާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ރޭންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށީގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމާއި އެފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ބޮޑެތި ފެންގަނޑުތަކުގައި މަދިރި އާލާވޭތޯ ބަލައި ނައްތާލުމުގެ މަސައްކަތުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަދިރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭއީއިން ފާހަގަކުރެއެވެ.

ރާއްޖޭއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް މިމަހުގެ ތެރޭގައި ކުޅުދުއްފުށިން ވަނީ ފެނިފައެވެ. އެއީ އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މަސައްކަތްތެރިންގެ ގައިންނެވެ. ކުޅުދުއްފުށިން މިހާތަނަށް ވަނީ 295 ބިދޭސީއަކު ފައިލޭރިއާއަށް ސްކްރީން ކޮށްފައިއެވެ. އޭގެ ތެރެއިން ބައްޔަށް 19 ބިދޭސީން ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.