Advertisement

14 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ނުރައްކާތެރި އެމްޕޮކްސް ފެތުރޭ މިންވަރު އިތުރުވާތީ އެފްރިކާގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށްފި

ނުރައްކާތެރި އެމްޕޮކްސް ފެތުރޭ މިންވަރު އިތުރުވާތީ އެފްރިކާގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ. އެފްރިކަން ޔޫނިއަންގެ ސިއްހީ ކަންތައްތައް ދިރާސާ ކުރާ، އެފްރިކާ ސެންޓަރސް ފޯރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނީ، އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރީ، ބަލި ފެތުރެމުންދާ މިންވަރު އިތުރުވާތީ އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

އެމްޕޮކްސް ފެތުރޭތީ އެކަމަށް ކަންބޮޑުވެ އެފްރިކާ ސީޑީސީގެ ވެރިޔާ، ޖީން ކަސޭޔާ ބުނީ، ކޮންގޯ އިން ފެނުނު މި ބަލި މިހާރު މުޅި އެފްރިކާ ބައްރަށް ފެތުރިފައިވާ ކަމަށެވެ.

އެފްރިކާ ސީޑީސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ހިނގާ އޯގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، އެމްޕޮކްސްގެ 38،465 ކޭސް ވަނީ ދެނެގަނެވިފައެވެ. އަދި އޭގެ ތެރެއިން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން 1،456 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކަސޭޔާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ބައްޔަށް "ރިއެކްޓް" ކުރުމަށް ވުރެން، މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު ގޯސްވެ، މިހާރު މިއޮތީ "ޕްރޮއެކްޓިވް" ވެ، ބަލި ނައްތާލުމަށް ވަރަށް ގަދަޔަށް މަސައްކަތް ކުރަންޖެހޭ ހާލަތެއްގައެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. އަދި މި ބަލި ގައިން ގަޔަށް އަރަނީ ވަރަށް ކައިރިން ދިމާވެގެންނެވެ. މި ބަލި ޖެހުމުން ގައިގެ ހަންގަނޑުގައި ރޭޝް ނެގުމާ، ހުން-އައުން ފަދަ ކަންކަން ދިމާވެ، ގައިގެ އެތަން މިތާގައި ފާރު ހެދެއެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ކުޑަ ކުދިންނަށާއި، މާބަނޑު މީހުނަށާއި އަދި ދިފާއީ ނިޒާމް ބަލިކަށި މީހުނަށެވެ.

އެމްޕޮކްސް ފުރަތަމަ ފެނިފައިވަނީ ކޮންގޯއިން، 1970 ވަނަ އަހަރުއެވެ. އަދި މި ބަލި މިހާރު މުޅި އެފްރިކާއަށް ފެތުރިފައިވާއިރު، މި އަހަރުގެ މިހާތަނަށް 15،000 އަށް ވުރެން ގިނަ ކޭސް ވަނީ ރެކޯޑު ކުރެވިފައެވެ. އަދި މީގެ ތެރެއިން  461 ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.