Advertisement

22 Jul 2024
ޚަބަރު

ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޑރ. ނިޔާފު އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފި

ގިނަބައެއްގެ އިތުބާރު ލިބިފައިވާ، އަދި ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފު އޭޑީކޭ އިން ވަކިވެ ވަޑައިގެން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއާ (އައިޖީއެމްއެޗް) މިއަދު ގުޅިވަޑައިގެންފިއެވެ.

ޑރ. ނިޔާފު އޭޑީކޭ ދޫކުރެއްވުމާ ގުޅިގެން އެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭޑީކޭގެ ނިއުރޯސާޖަރީ ޑިޕާޓްމެންޓުން ހޯދާފައިވާ ކާމިޔާބުތަކުގައި މުހިންމު ދައުރެއް އެބޭފުޅާ އަދާކުރައްވާފައިވާ ކަމަށެވެ. އަދި ނިޔާފްއަކީ އެ ޑީޕާޓްމެންޓާއި، މުޅި ހޮސްޕިޓަލަށް އަބަދުވެސް ވަރަށް ހާއްސަ މީހަކަށް ވާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޑރ. ނިޔާފް ވަނީ އޭޑީކޭގައި 9 އަހަރާއި 10 މަސް ދުވަހު ހިދުމަތްކުރައްވާފައެވެ.

އަދި އައިޖީއެމްއެޗާ ޑރ. ނިޔާފު މިއަދު ގުޅިވަޑައިގެންނެވުމާ ގުޅިގެން، އެ ހޮސްޕިޓަލުން ވަނީ ޑޮކްޓަރަށް މަރުހަބާ ދަންނަވާފައެވެ.

ކޮމެންޓް
އިއްބެ
މަރުހަބާ ޑރނިޔާފް
22 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.