Advertisement

17 Dec 2023
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ބަރުދަން ލުއި ކުރުމަށް އެންމެ މޮޅީ ޑިޓޮކްސް ފެންތަ ނޫނީ އާންމުންކޮށް ގޭގައި ބޯން ބޭނުންކުރާ ފެންތަ؟

ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ހަށިގަނޑުން ފެން މަދުވެއްޖެނަމަ ހަޑިގަނޑުގެ ގިނަ ގުނަވަންތަކަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން ސިއްހީ މާހިރުން ލަފާ ދެނީ ދުވާލަކު އަށް ތަށި ފެން ބުއިމަށެވެ.

ކަރުހިއްކުން ފިލުވައި ދިނުމުގެ އިތުރުން، ކަނޑައެޅިފައިވާ މިންވަރަށް ފެން ބުއިމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމާއި ގޮހޮރުގެ މައްސަލަތަކުން އަހަރެމެން ދުރުކޮށްދޭކަމީ ދެބަސް ވެވެން އޮތް ކަމެއް ނޫނެވެ.

ފެން ބުއިމުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ސިއްހީ މާހިރުން ކަށަވަރުކޮށްދީފައިވާއިރު، ޑިޓޮކްސް ފެން ބުއިމަކީ މި ފައިދާތައް އިތުރުކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ބުނަމުންދާ ގޮތުގައި ޑިޓޮކްސް ފެން ބޭނުން ކުރުމުން، ހަށިގަނޑު ލުއިކޮށްދިނުން އިތުރުކޮށްދީ ހަށިގަނޑުގެ އެތެރޭގައި ހުންނަ ވިހަ މާއްދާތައްވެސް ބޭރުކޮށްދެއެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ކުޑަކޮށް ބަލާލަމާ ހިނގާށެވެ.

ޑިޓޮކްސް ފެނަކީ ކޮބާ؟

ޑިޓޮކްސް ފެނަކީ ފެނުގެ ތެރެއަށް ތާޒާ މޭވާ، ތަރުކާރީ ނުވަތަ ފަތްޕިލާވެލި އެޅުމަށްފަހު ކުޑަ ވަގުތު ކޮޅަކު ބެހެއްޓުމުން ތައްޔާރުކުރެވޭ ފެނެކެވެ. އަދި ޑިޓޮކްސް ފެނަކީ ގޭގައި ތައްޔާރުކޮށްލުމަށް ވެސް ފަސޭހަ އެއްޗެކެވެ. ބޭނުންވަނީ އެމީހަކު ރަހަލެއްވުމަށް ބޭނުންވާ ތަރުކާރީއެއް، މޭވާއެއް ނުވަތަ ފަތްޕިލާވެލީގެ ބާވަތެކެވެ.

ޑިޓޮކްސް ފެން ތައްޔާރު ކުރާނީ ކިހިނެއް؟

ޑިޓޮކްސް ފެން ތައްޔާރު ކުރުމަށް ބޭނުން ވަނީ އެމީހަކު އޭގައި ރަހަލައްވަން ބޭނުންވާ މޭވާ، ތަރުކާރީ ނުވަތަ ފަތްޕިލާވެލީގެ އިތުރުން ފެނެވެ. އިންގްރެޑިއެންޓްސް ކޮށާލުމަށްފަހު އެފަރާތަކުން ބޭނުންވާ ފިނިހޫނުމިނެއްގައި ހުރި ފެނުގެ ތެރެއަށް އަޅާލާށެވެ. ފެން ފިނިވުމަކުން ނުވަތަ ހޫނުވުމަކުން އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވާނެއެވެ. އަދި ފެނަށް އަޅާ ތަކެތީގެ ވަކި މިންވަރެއްވެސް ނެތެވެ. އެ ފަރާތަކުން ރަހަލެއްވުމަށް ބޭނުންވާ މިންވަރަކަށް ވިސްނައިގެން އެ ތަކެތި އަޅާށެވެ. ގަދަޔަށް ރަހަލައްވަން ބޭނުންނަމަ ގިނައިން އަޅާށެވެ.

ޑިޓޮކްސް ފެން ފިނިކޮށް ތައްޔާރު ކުރާނަމަ، ފެނެގު ތެރެއަށް އިންގްރެޑިއެންޓް އެޅުމަށްފަހު 12 ގަޑިއިރަށް ވުރެން ގިނައިރު ވަންދެން އިންގްރެޑިއެންޑްސްއާއެކު ފުރިޖުގައި ނުބަހައްޓާށެވެ. އެއަށް ވުރެން ގިނައިރު ހުރެއްޖެނަމަ، ފެނުގެ ތެރޭގައި ހުރެ އެ ތަކެތި ކުނި ވާން ފަށާފާނެއެވެ.

އަދި އިންގްރެޑިއެންޓްސް ބޭނުން ކުރާއިރު، އެއީ ތޮށިގަނޑެއް އޮންނަ އެއްޗެއްނަމަ، އެ ތޮށިގަނޑު މަށާލާށެވެ. އޭރުން ފެނުގެ ތެރެއަށް ރަހަ އައުމަށް އަވަސްވާނެއެވެ.

އާންމުކޮށް މީހުން ހަދާ ޑިޓޮކްސް ފެނުގެ ބައެއް ބާވަތްތައް؛

ކިއުކަންބާ އާއި މިންޓް ލީވްސް

ލުނބޯ އާއި އިނގުރު

ބްލެކްބެރީ އާއި އޮރެންޖު

ކަރާ އާއި މިންޓް ލީވްސް

އޮރެންޖާއި ލުނބޯ

ސްޓްރޯބެރީ އަދި ބެސިލް ލީވްސް

އާފަލާއި ފޮނިތޮށި

މޮޅީ ކޮން ފެނެއް؟

ބަރުދަން ލުއިކުރުން

ގިނައިން ފެންބުއިމަކީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެހެންކަމުން ޑިޓޮކްސް ފެން ބުއިމުން ވެސް ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭނެއެވެ. މި ކަމުގައި ވަކިފެނެއް މޮޅު ކަމަކަށް ދިރާސާއަކުން ނުދައްކައެވެ. އާންމުކޮށް ބޯ ފެނަސް ނުވަތަ ޑިޓޮކްސް ފެނަކަސް، ގިނައިން ފެން ބުއިމުން ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް އަވަސްވެ، ސަރުބީ އެންދުން އިތުރުކޮށްދޭނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުން، ކޮންމެ ބައި ލީޓަރު ފެނަކުން، ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް ގަޑިއަކު ތިރީސް އިންސައްތައަށް އިތުރުކޮށްދޭނެއެވެ. އެހެންކަމުން ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ގިނައިން ފެންބޯނަމަ، ކަނޑައެޅިފައިވާ މިންވަރަށް ފެން ނުބޯމީހަކަށް ވުރެން އަވަހަށް ނަތީޖާ ފެންނަން ފަށާނެއެވެ.

އެހެން ދިރާސާއަކުން ދައްކާގޮތުން، ކާން ފެށުމުގެ ކުރިން ބައި ލީޓަރު ފެން ބޯ މީހުންގެ ބަރުދަން، މި ގޮތަށް އަމަލު ނުކުރާ މީހުންނާއަޅާ ބަލާއިރު ސާޅީސް އިންސައްތަ އިތުރެވެ. މި ގޮތަށް އަމަލު ކުރުމުން ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް އަވަސްވުމުގެ އިތުރަށް، ފެން ބުއިމުން ބަނޑުހައިހޫނުކަން ކުޑަކޮށްދީ، ކެވޭ މިންވަރު މަދުކޮށްދެއެވެ. މި ކަމުގައި ވެސް ވަކި ފެނަކުން އިތުރު ފައިދާތަކެއް ނުކުރާނެއެވެ.

ކާނާ ހަޖަމު ކުރުމަށް އެހީވުން

ގިނައިން ފެން ބުއިމަކީ ކާނާ ހަޖަމުކޮށްދިނުން އިތުރުކޮށް، ބޮޑުކަމު ދިއުމަށް ފަސޭހަކޮށްދޭ ކަމެކެވެ. އަނެއްކޮޅުން ބަލާއިރު، މަދުން ފެން ބޯ ނަމަ، ބަނޑު ހަރުވުމާ ބަނޑު ފުއްޕުން ފަދަ އުނދަގޫތައް ކުރިމަތިވާނެއެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީ ގޮހޮރުގެ މަސައްކަތްތަކަށް ފަސޭހަވެ، ބޮޑުކަމު ދިއުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ. މި ކަމުގައި ވެސް ވަކި ހާއްސަ ފެނެއް ހާއްސައެއް ނޫނެވެ. އާންމުކޮށް ބޭޏުންކުރާ ފެނަސް، ނުވަތަ ޑިޓޯކްސް ފެނަސް، ލިބޭނީ އެއްފައިދާތަކެކެވެ.

އެހެންކަމުން ޖުމްލަކޮށް ބުނާއިރު، ގިނައިން ފެން ބުއިމަށް އުނދަގޫ ވާމީހުނަށް، ފެނުގައި ރަހައެއް ލެއްވުމުގެ ގޮތުން ޑިޓޮކްސް ފެން ބޭނުން ކުރެވިދާނެއެވެ. އާދައިގެ ފެން ބުޔަސް ވެސް، ހަށިގަނޑަށް ފެނުން ލިބެންޖެހޭ ފައިދާތައް ލިބޭނެއެވެ. ބަރުދަން ވެސް ލުއިކޮށްދޭނެއެވެ. ކާނާ ހަޖަމު ކުރުމަށް ވެސް އެހީވެދޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.