Advertisement

މާލޭގައި ހިންގާ ބޭސް ފިހާރަތަކެއް. ފޮޓޯ: ސޯޝަލް މީޑިއާ

15 Dec 2023
ޚަބަރު

ބޭސް ސިޓީގައި އޮންނަ ބްރޭންޑްގެ ބޭސް އެކަނި އާސަންދައިން ލިބޭގޮތް ހަދަނީ

ޑޮކްޓަރުން ލިޔެފައިދޭ ބޭސް ސިޓީގައި ބަޔާންކުރާ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހެއް އާސަންދައިން ނުލިބޭނެގޮތް ހަދަން އެކުންފުނިން ނިންމައިފިއެވެ.

އާސަންދަ ކުންފުނިން، އާސަންދައިގެ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުއްވި ސާރކިއުލާއެއްގައި ބުނެފައިވަނީ، އާސަންދަ ސްކީމްގެ ތެރެއިން ޑޮކްޓަރުން ބޭސް ލިޔެދެއްވާއިރު ބަލި މީހާއަަށް ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންނަމަ، ބޭހުގެ އިންސްޓަރްކްޝަންގައި އެ ބޭހެއް ސަބްސްޓިޓިއުޓް ނުކުރަން އެދޭކަން ލިޔަން ޖެހޭނެ ކަމަަށެވެ.

މިފަދައިން ވަކި ބޭހެއް މެނުވީ ބަލިމީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ޙާލަތުގައި، ބޭސް ފިހާރައިން އެނޫން ބޭހެއް ބަލިމީހާއަށް ދޫކޮށްގެން ނުވާނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އަދި ޚިދުމަތަށް އެދިދާ ބޭސް ފިހާރާގައި އެބޭހެއް ސްކީމްގެ ތެރެއިން ދޫނުކުރެވޭނަމަ، އެކަން ބަލިމީހާއަށް އޮޅުންފިލުވައިދޭން ވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ބޭހުގެ އިންސްޓަރްކްޝަން ގައި ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރުމަށް ޑޮކްޓަރު ނުލިޔުއްވާނަމަ ބޭސް ފިހާރައިން ބިލް ކުރަންވާނީ ބޭސް ފިހާރައިން ބަލިމީހާއަށް ދޫކުރި ބްރެންޑަށްކަމަށެވެ. އެ ބްރޭންޑުގެ ބޭސް އެއްވެސް ފިހާރައަކުން އެވަގުތު ލިބެން ނެތްނަމަ އެ ބްރޭންޑު ބަދަލުކުރުމަށް ބަލިމީހާ ޑޮކްޓަރު ކައިރީގައި އެދެންވާނެކަމަށް ބުނެފައިވެއެވެ.

ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި ބޭސް ފިހާރައިން އެނޫންބޭހެއް ދޫކޮށްފިނަމަ މިމަހުގެ 17އިން ފެށިގެން ރިޖެކްޓު ކުރާނެކަމަށްވެސް އާސަންދައިން ބުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.