Advertisement

02 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އެއާ އެމްބިއުލެންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށިން މާލެއަށް

ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، މާޗު 1 ވަނަ ދުވަހު އެއާ އެމްބިއުލޭންސްގެ ޚިދުމަތް ފެށިފަހުން، އެ ބޯޓުގެ ފުރަތަމަ ދަތުރު ރޭ ފަތިހުކޮށްފިއެވެ

ބޯޓުގެ ފުރަތަމަ ދަތުރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރި ދަތުރެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ރޭ މެންދަމުން އަނބުރާ 3:40 ހާއިރުއެވެ.

މި ބޯޓުގައި ސިއްހީ ހިދުމަތް ދިނުމަށް ތަމްރީނުކޮށްފައިވާ 15 މީހަކު ހަރަކާތްތެރިވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއާ އެމްބިއުލޭންސްގެ ގޮތުގައި ބޭނުންކުރަމުންދާ މަތިންދާ ބޯޓަކީ، ކުރިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތަކުގައިވެސް ބޭނުން ކުރަމުން އައި ބޯޓެއް ކަމަށެވެ. އަދި އެއާ އެމްބިއުލާންސްގެ ގޮތުގައި އެބޯޓު ބޭނުން ކުރަންފަށާފައި ވަނީ އެމާޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމެންޓްވެސް ހަރުކޮށްގެން ކަމަށާއި، އެކުންފުނިން މަތިންދާ ބޯޓުތައް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ، ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގެ ޔަޤީންކަން ދޭކަމުގައިވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.